މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި، ދަރިންގެ ޚަރަދުގެ ގޮތުގައި 40 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހުނުނަމަވެސް ލިބިފައިވަނީ 20.5 މިލިއަން ރުފިޔާ ކަމަށް ފެމެލީ ކޯޓްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ކޯޓުން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ދަރިންގެ ހަރަދު ސާބިތުވާ 185 ކުދިން އެބަތިއްބެވެ. އެ ކުދިންގެ ހަރަދަށް 41.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް، އޭގެ ތެރެއިން ކޯޓަށް އަދި ދެއްކީ 20.5 މިލިއަން ރުފިޔާ އެވެ. އެ ކޯޓުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދަރިންގެ ހަރަދުގެ ގޮތުގައި އެ ކޯޓުން 21 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

ފެމިލީ ކޯޓުން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދަރީންގެ ހަރަދުގެ ގޮތުގައި ދޭންޖެހޭކަން ސާބިތުވެފައިވާ އަދަދަކީ 41،091،820.87 ރުފިޔާއެވެ. ދަރިންގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓަށް 20،531،977.55 ރުފިޔާ ބަލައިގެންފައިވާއިރު ދަރީންގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓުން މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ރައްދުކޮށްފައިވަނީ 21،165،776.96 ރުފިޔާއެވެ.

އިއްދައާއި ވިހެމުގެ ހަރަދުގެ ގޮތުގައި 5،313،984.95 ރުފިޔާ ސާބިތުވިއިރު، ބަލައިގަތް ފައިސާގެ އަދަދަކީ 1،487،609،53 ރުފިޔާއެވެ. އަދި އިއްދަ އާއި ވިހެއުމުގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓުން ރައްދުކޮށްފައިވަނީ 1،081،383.87 ރުފިޔާއެވެ.

ތަފާސްހިސާބުގައިވާ ގޮތުން 1،52،0000 ރުފިޔާ، ފެމިލީ ކޯޓުން ވަނީ އަނބިމީހާގެ ހަރަދުގެ ގޮތުގައި ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. 34،000 ރުފިޔާ އެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓަށް ބަލައިގަތްއިރު، އަނބިމާހާގެ ހަރަދުގެ ގޮތުގައި ރައްދުކޮށްދީފައިވަނީ 31،000 ރުފިޔާއެވެ.

މީގެ އިތުރުން، ދަރިންގެ ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުގެ ގޮތުގައި 772،115.27ރ. ކޯޓަށް ލިބެން ޖެހޭއިރު، ލިބުނީ 130،498.35ރ. އެވެ. އަދި އެ ފައިސާގެ ތެރެއިން 88،726.44ރ. މިހާރު ވަނީ ކުދިންނަށް ދީފަ އެވެ.