12 އަހަރުން މަތީގެ ކުޑަކުދިންނަށް ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ދޭން ފަށަން އެޗްއީއޯސީ ނިންމައިފި އެވެ.
މިކަން އިއުލާން ކުރައްވާފައި ވަނީ، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް އެވެ. ސެޕްޓެމްބަރުން ފެށިގެން އަންނަ ބައެއް ބަދަލުތައް ހާމަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހާ އަމުރުފުރާ ބަދަލުވެގެންދާނީ 12 އަހަރުން މަތީގެ އުމުރު ފުރާއަށް ކަމަށެެވެ. މިހާރު ވެކްސިން ޖެހެނީ 18 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށް އެކަންޏެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، 12 އަހަރުން މަތީގެ އުމުރުފުރާއަށް ވެކްސިން ޖަހަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އަދި 12 އަހަރުން ފެށިގެން 17 އަހަރުގެ އުމުރުފުރާއަށް ވެކްސިން ދޭނީ ފައިޒާ ވެކްސިން ނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.