1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވެކްސިން ނުޖަހާ މީހުން ކަރަންޓީނަށްފަހު ނަގާ ސާމްޕަލްތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފި

e
ހުވަދޫ ނިއުސް ޓީމް
464ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ނަގާ ސުންކުތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފިއެވެ.

މިގޮތަށް ހަދާފައިވާކަން އިއުލާނުކޮށްފައި ވަނީ، ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހަވީރު ކުރިއަށްގެންދެވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ފަރާތްތައް ރަށްރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ނުކުތުމަށް ނަގާ ސާމްޕަލް ނެގުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދު 1 ސެޕްޓެމްބަުން ފެށިގެން މިއުސޫލަށް އަމަލުކުރަން ވަނީ ނިންމާފައެވެ.

300 × 250

"އެގޮތުން ވެކްސިން ނުޖަހާ ބަލި އުޅޭ ރަށަކުން ދަތުރު ކުރާ ފަރާތްތައް އެބަ ޖެހޭ ކަރަންޓީންވާން، މިހާރު މި އޮތް އުސޫލުން، ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީންވާން ޖެހޭނެ، އެހެން ނަމަވެސް ކަރަންޓީންވެފައި މި ނަގާ ރިލީސް ސުންކު އެކެއް ސެޕްޓެމްބަރުން ފެށިގެން މި ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި، މި ނަގާ ސުންކުތަކަށް އަމިއްލަ ހަރަދުގައި ނަގަން ޖެހޭ ގޮތަށް މި ވަނީ ހަމަޖެހިފައި". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެކްސިންޖެހޭ އުމުރުފުރައިގެ %21 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ތަފާތސް ހިސާބުތަކުން ދައްކައެވެ. އަދި އެޗްއީއޯސީން މިފަދަ ނިންމުމެއް ނިންމާފައި ވަނީ، ސަރުކާރުން ކުރިޔަށްގެންދާ ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ބާރު އެލޫމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އޮކްސްފޯޑްގެ އެސްޓްރާޒެނަކާ ވެކްސިން އާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އަދި މަސް ތެރޭގައި ރާއްޖެއަށް ފައިޒާ ވެކްސިން ލިބޭނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި