1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަށި ވިއްކަމުން ދިޔަ ބަޔަކު ނިވާކަން ކުޑަކޮށް ތިއްބާ އަތުލައިގެންފި

photo1690043554
މާލެ ސިޓީ--
އައިޝަތު ސަދާ ސަޢީދު
626ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ސްޕާއެއްގެތެރޭ ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވަނީ މާލޭގައި ހިންގަމުންދާ އަލޯރާ ސްޕާ އެންޑް ސެލޯންއިންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނުންނެވެ.

300 × 250

ހައްޔަރުކޮށްފައިވާ ދިވެހި ދެ ފިރިހެނުންނަކީ 38 އަހަރު އަދި 39 އަހަރުގެ ދެމީހުންނެވެ.

މި މައްސަލާގައި ހައްޔަރު ކުރި ބިދޭސީ ތިން އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި 38 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، 39 އަހަރުގެ ފިރިހެންމީހާގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ.

ފުލުހުންގެ އިންޓެލިޖެންސާއި، ސްޕެޝަލް އޮޕަރޭޝަންއާއި، އެންޓި ހިޔުމަން ޓްރެފިކިންގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން މި ފަސް މީހުން ހައްޔަރުކުރި އިރު، އެމީހުން ތިބާ ނިވާކަން ކުޑަކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް މިފަދައިން ހަށި  ވިއްކުމުގެ އެތައް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރެވި، އަދި އަތުލައިގެންފައިވެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ސަވަން

    ތިޔަ މަސާޖް ޕާލާ ތަކާ ސްޕާ ތައް ބަންދު ކޮއްފަ އެކަން ކުރަން ގެނެސް ތިބި ބަޭރު މީހުން ތައް ރާއްޖެ ނާދެވޭ ގޮތައް ފޮނުވާލަބަ. އޭރުން ތިޔަ ކަންތައް ހައްލު ވެދާނެ.

ގުޅުންހުރި