1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަކީލުން ރައީސް ޔާމީނާ ބައްދަލުކުރަން ދިއުމުން ހުރަސް އަޅައިފި

yameen lawyers
ފާތިމަތު ތައުފީޤް
283ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ބައްދަލު ކުރަން އެމަނިކުފާނުގެ ވަކީލުން ޖަލަށް ދިއުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކަމަށް ހުރަސް އަޅުއްވައިފި ކަމަށް ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.


ރައީސް ޔާމީންގެ ޤާނޫނީ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އެޅިކަމަށް ވިދާޅުވެފައެވެ.

300 × 250


ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާ ފައެވެ.


https://twitter.com/MJameelAhmed/status/1683018476712259584?s=20



ޖަމީލް އިތުރަށް ވިދާޅުވީ އެވަރަށް ރައީސް ޔާމީނުގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމުން އެނގެނީ އެތިއްބެވީ ގޯސްހަދައިގެންކަން ކަމަށާއި، މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ވަކީލާ މުވައްކިލުގެ ދުސްތޫރީ ޙައްޤަކީ ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ އާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެނޑިޑެންސީ ކަށަވަރު ކުރުމަށްވެސް ޤާނޫނީ ޓީމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި