ކޫއްޑޫން އުފެއްދި ''ބޮނެފެނެ'' ނަމަކަށްކިޔާ ބޯފެން ތައްޔާރު ކުރި ބޮޓަލިން ޕްލާންޓުގެ މެޝިނަރީތައް އެ މަސައްކަތް ހުއްޓުވާލައި، ފެލިވަރަށް ގެންދިޔަ މައްސަލަ ފެންމަތިވެއްޖެ.
މި މައްސަލަ ތިލަ ކޮށްފައިވަނީ ފޭސްބުކް ޕޭޖެއްގައެވެ. އެ ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެ ކޫއްޑޫގެ ހުރިހާ މުވައްޒަފުންގެ ލޯ ކުރިމަތީގައި ބޮޓަލިން ޕުލާންޓުގެ މެޝިނަރީތައް ފެލިވަރަށް ގެންދަން ކޫއްޑޫގެ ބޯޓެއްކަމައްވާ ކަލަމިންޖާ 402 އަށް އަރުވާފައިވާކަމަށެވެ.
މީގެ އިތުރުން އެ ޕޭޖުން ބުނެފައިވަނީ ކޫއްޑޫ ފެން ފެކްޓްރީ އަކީ މުޅި ހުވަދު އޮތޮޅާއި ގުޅިފައިއޮތް ވަރަށްބޮޑު އިގުތިސާދީ ހަރަކާތެއްކަމަށާއި ކޫއްޑޫން އުފެއްދި ''ބޮނެފެނެ'' ނަމަކަށްކިޔާ ބުރޭންޑަކީ އެތައްބައެއްގެ އިތުބާރު ލިބިފައިވާ މުޅިރާއްޖެއަށް މަޝްހޫރު ބުރޭންޑެއް ކަމަށެވެ.
އަދި މި ކަމަކީ ދުރާލައި ރާވައިގެން ކޫއްޑޫގައި ހިގަމުންދިޔަ އެ ބިޔަބޮޑު އިގުތިސާދީ ހަރަކާތް ހުއްޓުވާލުމަށް މި ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް އެ ޕޭޖުން ވަނީ ތުހުމަތު ކޮށްފައެވެ.
މީގެއިތުރުން ރައީސް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅަށް ފެންޕުލާންޓުގެ މެޝިނަރީތައް ގެންދަން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށްވެސް އެ ޕޭޖުން ތުހުމަތުކޮށްފައިވެއެވެ.
އެ ޕޭޖުން ބުނެފައިވަނީ ފެންޕުލާންޓް ހުއްޓުވައި މެޝިނަރީތައް ބަންދު ކޮށްގެން ޅ. އަތޮޅަށް ގެންދިޔަކީ ރައީސް އިބްރާހިމްގެ އަތޮޅުގައި ފެންޕުލާންޓެއް ހަދަންވެގެންކަމަށާއި އެކަން ކުރީ ދެވަނަ ދައުރެއް ހޯދުމުގެ ބޭނުމުގައި ޅ.އަތޮޅުގައި ފެންޕުލާންޓެއް ހަދަން އެމަނިކުފާނު ވެލެއްވި ވައުދު ފުއްދުމަށްޓައި ކަމަށެވެ.
"ހުވަދު އަތޮޅުގައި ގާއިމްކޮށްފައި ހުރި މިބޮޑު އިންވެސްޓުމަންޓު ފުނޑާލި އިސްމާއީލް ފައުޒީ އިންސާފުގެ ކުރިމައްޗަށް ގެންނަދުވަސް މިދަނީ ކުޑަތަންވަމުން" - ޕޭޖުގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
ހުވަދު އަތޮޅުގެ ބަހުރުވައިން ނަންދީ "ބޮނެފެނެ" ގެ ނަމުގައި ކޫއްޑޫއިން އުފެއްދި ބޯފެނަކީ މުޅި ހުވަދުއަތޮޅުގެ ފެނުގެ މާރކެޓް އެއަށް އަނބުރާލި ރާއްޖެއަށް މަޝްހޫރު ފެން ބްރޭންޑެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.