1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އީސީ ގެ ނިންމުން ޤާނޫނާއި ޚިލާފްކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ!

jameel
ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޖަމީލް އަހުމަދު
ފާތިމަތު ތައުފީޤް
574ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިދިކޮޅު ކޯލިޝަންހެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ޤާނޫނު އަސާސީ ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ފޯމު ބަލައި ނުގަންނަން އީސީން އިއްޔެ ނިންމާފައިވާއިރު، އޭގެ ސަބަބެއްކަމަށް އެ ކޮމިޝަނުން ބުނަނީ ރައީސް ޔާމީން އަކީ ޖަލު ޙުކުމެއް ތަންފީޒުކުރާ ބޭފުޅަކަށް ވުމެވެ.

”ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ހުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްގައްޔޫމް ކިބައިގައި ފުރިހަމަ ނުވުން“ ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.

300 × 250

 

އީސީގެ ނިންމުމާއި ގުޅިގެން ގުޅިގެން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނީގޮތުން ގޯސްކޮށް ކަމާއި، އަދި އީސީން އެފަދަ ނިންމުމެއް ނިންމާފައިވަނީ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.

"ހީކުރި ގޮތަށް އީސީ ވަނީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި. ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ. ޙައްގަށް ނަޞްރު ލިބޭނެ." ޑރ. ޖަމީލް ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1686337628319494144?s=20 ރައީސް ޔާމީންގެ ޖަލު ޙުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުތު ހަމަނުވާކަމަށް އިއްޔެ އީސީން ކަނޑައަޅާފައިވަނީ އެ ޙުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރެވި، މަތީ ކޯޓަކުން ނިހާއީ ޙުކުމެއް އައިސްފައިނުވާ ދަނޑިވަޅެއްގައެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފަހުރި ބައެއް ގަޟިއްޔާތަކުގައި މީހެއްގެ މައްޗަށް ޙުކުމެއް އައީ ކަމަށް ބެލެވޭނީ މަތީ މަރުޙަލާގެ ކޯޓުތަކުގައި އެމައްސަލައެއް އިސްތިއުނާފް ކުރެވި، އެއީ ނިހާއީ ޙުކުމަކަށް ވާހިސާބުން ކަން އެ ގަޟިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އިއްބެ

    ޖަމީލުކިޔާއެއްޗިހިއަހަރެމެންޤަބޫލެއްނުކުރަންފުރަތަމަގޮވީޔާމީނަށްވަގަށްމިހާރުއިބޫއަށްވަގަށްއަހަރެމެންމިހާރުދެކެނީޖަމީލަކީވެރިކަމާހެދިބޯގޮވައިފައިހުރިމީހެއް

ގުޅުންހުރި