އެންމެ ބޮޑު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި އެކު މަސައްކަތް ކުރާ ޕީއެންސީ އިން ރިޔާސީ އިންތިޚާބު ގައި ވާދަ ކުރަން ނިންމައިފިއެވެ.
އެ ޕާޓީން މިގޮތަށް ފާސް ކުރީ މިއަދު ބޭއްވި ސެނެޓް ބަދަލުވުމުގައެވެ.މިއަދުގެ 10 ޖެހި އިރު ކުރިޔަށް ދިޔަ ބައްދަލުވުމުގައި އެޖެންޑާގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އެ ގޮތަށް ނިންމައިފި ނަމަ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.
ޕީއެންސީގެ ސެނެޓް ބައްދަލުވުމެއް ބާއްވައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށް އެޕާޓީން ނިންމީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު އެރުވުމުން, ކެނޑިޑޭޓަކު ކަނޑައަޅާފައި ނުވާތީއެވެ. އެފުރުސަތު ދެއްވުމުން ރައީސް ޔާމީން ވިދާޅުވީ, ޕީއެންސީން ކެނޑިޑޭޓަކު ނެރެނީ ސެނެޓުން ކަމަށެވެ. ފެތުރެމުން ދާ މައުލޫމާތު ތަކަށް ބަލާއިރު ޕީއެންސީން ކެނޑިޑޭޓުންގެ ގޮތުގައި ވާދަ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި މާލެ ސިޓީގެ މޭޔަރ ޑރ މުއިއްޒު އެވެ. ނަމަވެސް މި ބޭފުޅުންނާ ބެހޭގޮތުން އެ ޕާޓީން އަދި އެއްޗެއް ބުނެފައި ނުވެއެވެ.
ޕީއެންސީން ބުނީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
ޕީއެންސީގެ ސެނެޓް ބައްދަލުވުމެއް ބާއްވައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށް އެޕާޓީން ނިންމީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު އެރުވުމުން, ކެނޑިޑޭޓަކު ކަނޑައަޅާފައި ނުވާތީއެވެ. އެފުރުސަތު ދެއްވުމުން ރައީސް ޔާމީން ވިދާޅުވީ, ޕީއެންސީން ކެނޑިޑޭޓަކު ނެރެނީ ސެނެޓުން ކަމަށެވެ. ޕީއެންސީ ސެނެޓުގައި މިވަގުތު 48 މެމްބަރުން ތިއްބަވައެވެ. އަދި އެ ޕާޓީގައި 3159 އާންމު މެމްބަރުން ތިބެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.