މުޙައްމަދު އަސްވަދުގެ ރައީސް ކަމުގައި އަދި އިނާޒް އަލީގެ ނައިބު ރައީސް ކަމުގައި ގދ ނަޑެއްލާ ގައި ދާދި ފަހުން އުފެއްދި ނަޑެއްލާ ސްޕޯޓްސް ކުލަބް (ނަޑެއްލާ އެސް. ސީ) އަކީ އެރަށުގެ ކުޅިވަރު ގެ ތާރީޚު ގައި ލިޔެވިގެންވާ ގޮސްފައިވާ ކްލަބެކެވެ. 02 އެޕްރީލް 2023 ގައި ރަޖިސްޓްރީ ކޮއްދީފައިވަ މި ކްލަބް ވުޖޫދުގައި ހަރަކާތްތެރި ވާން ފެށިތާ 3 މަސް ތެރޭގައި މިވަނީ ނަޑެއްލާ ގައި އެރަށު ކައުންސިލުން ބޭއްވި އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2023" ހުރިހާ ތަށްޓެއް އުފުލާ ތާރީޚުން ޖާގަ ހޯދާފައެވެ. މުބާރާތް ތަކުގެ އަންހެން ޑިވިޝަން ގެ ވޮލީ އާއި ފުޓްސަލް އަދި ފިރިހެން ޑިވިޝަންގެ ވޮލީ އާއި ފުޓްސަލް މުބާރާތް ކާމިޔާބު ކޮށް މުޅި މުބާރާތް ރަސްކަން ކޮށްފައެވެ.
ނަޑެއްލާ ސްޕޯޓްސް ކުލަބް (ނަޑެއްލާ އެސް. ސީ)އިން ފުރަތަމަ ބައިވެރިވެފައިވަނީ، ރިޑްސް ދާއިރާ ރައީސް ކަޕް ގެ ނަމުގައި ގދ ރަތަފަންދޫ ގައި ކުރިއަށް ދިޔަ ވޮލީ މުބާރާތެއް ގައެވެ. އެ މުބާރާތުގެ ފައިނަލް ގައި ނުކުޅެވުނު ނަމަވެސް ޓީމު ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާ ކްލަބް ގެ ފެށުން ރަނގަޅު ކޮށްފައެވެ. އޭގެ ފަހުން ދެން ބައިވެރިވީ ހުސްވި މަހު ކުރިޔަށް ދިޔަ “ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2023” ގައެވެ.
ޖެނެރަލް ސެކްރެޓަރީ އެއްގެ މަޤާމުގައި ޝިފްޒާ ނަޖީބު، ސްޕޯޓްސް ސެކްރެޓަރީ އެއްގެ ގޮތުގައި އަހުމަދު ޒާހިމް އަދި ޚަޒާނާދާރު ނުވަތަ ޓްރެޝަރަރ އެއްގެ މަޤާމުގައި މުރުތަލާ މުހައްމަދު ހިންގާކޮމެޓީ ގައި ހަރަކާތްތެރިވާ ނަޑެއްލާ ސްޕޯޓްސް ކުލަބް ވަނީ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2023 ގައި ގިނަ ވަނަ ތަކެއް ޙާސިލް ކޮށްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.