1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބްރިޖްއަށް އުދައަރައި ގިނަ ބަޔަކަށް ހާނިއްކަވެއްޖެ

photo1691235743
އައިޝަތު ސަދާ ސަޢީދު
715ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިނަމާލެ ބްރިޖްއަށް އުދައަރައި ގިނަ ބަޔަކަށް ހާނިކަވެއްޖެއެވެ.

އާންމުވެފައިވާ ވިޑިއޯއަތަކުން ފެންނަގޮތުގައި ހުޅުމާލެއިން ސިނަ މާލެ ބްރިޖްއަށް އަރަން އޮންނަ ދިމާލުން ސައިކަލުގައި ގިނަ ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅަކާއި އެކު ސައިކަލްތަކާއި މީހުން ރާޅާއެކު ވެއްޓިގެންދެއެވެ.

މިހާދިސާގައި ގިނަ ބަޔަކު ސައިކަލުން ކަހާލައި ބިންމައްޗަށް ވެއްޓިފައިވީ ނަމަވެސް ހާދިސާގައި އެފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

300 × 250

މާލެއާއި ހުޅުމާލޭއަށް ދަތުރުކުރަން އޮންނަ ހައިވޭއަށް ވެސް ރާޅުތައް ދަނީ އަރަމުންނެވެ. އަދި އެ މަގުގައި ވަރަށް ބޮޑަށް ފެން ހެދިފައި ވެއެވެ. ލޮނުގަނޑާއެކު އަކިރިއަރައި މުޅި މަގުއެއްކޮށް ވަނީ ހަޑިވެފައެވެ.

މީގެ އިތުރުން މާލޭގައި އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާ އެ މަގު އެއްކޮށް ވަނީ ފެންބޮޑުވެފައެވެ. ކާނިވަލް ސަރަހަށްދަށް ވެސް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ.

މާލެ އާއި ބްރިޖް ސަރަހަށްދަށް ވަރަށް ބޮޑަށް އުދައަރާފައިވާތީ އުޅަނދުތަކުގައި އެ މަގުތަކުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި ކަމާއިބެހޭ އިދާރާތަކުން އެދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި