ޚަބަރު
ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ރައީސް ޔާމިން ވަނީ ނޯޓެއް މެދުވެރިކޮށް ޕީޕީއެމާއި ޕީއެންސީ އަށް ކުރިޔަށް އޮތް އިންތިހާބު ބޮއިކޮޓް ކުރަން އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ލިބުނު ނޯޓައްފަހު ލީޑަޝިޕުގެ ގިނަ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައި ކުރިޔަށް ގެންދިޔަ ބައްދަލުވުން ހޫނުވެ ނިންމާ މިއަދު 1.30 ގައި ޖޮއިންޓް ޕާޓީގެ ބައްދަލުވެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމާފައިވަނިކޮށް މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމަށްފަހު ދެޕާޓީގެ އެތެރޭގައި ވަނީ ކޯޅުމަކަށް ގޮސްފައެވެ. ޕީޕީއެމުން ވެސް އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޙަބަރު ލިބޭގޮތުގައި ލިބުނު ނޯޓުގެ ސައްޙަކަމާމެދު ސެނެޓުގެ ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެއީ އެމަނިކުފާނަށް ފުރުސަތު ގެއްލިއްޖެނަމަ، ބަދަލުގައި މުއިއްޒު ނެރެން ނިންމުމަށްފަހު ކުއްލިޔަކަށް އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށްވެސް ރިޕޯޓުތައްބުނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!