އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް، އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު މިއަދު އީސީއިން ބަލައިގަނެފިއެވެ.
އިލްޔާސްގެ ފޯމް އިއްޔެ ހުށަހެޅިނަމަވެސް، ރޭގަ ފާސްކުރި ފޯމުތަކުގެ ތެރޭގައި އިލްޔާސްގެ ފޯމް ނުހިމެނެއެވެ. އީސީއިން ހާމަކޮށްފައިވާ ގޮތުގައި، ރޭ އެ ފޯމް ފާސް ނުވީ، އިލްޔާސްގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިމުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުންނެވެ.
މިއަދު އިލްޔާސްގެ ފޯމް ގަބޫލުކުރިކަން އެންުގުމަށްފަހު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިލްޔާސްގެ ފޯމުގައިވާ މައުލޫމާތުތަކާއި އެކުގައި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތީން، އޭނާއަކީ ރިޔާސީ އިންތިހާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.