1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމަފިރިއަކު ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލައިފި

371428_3_47435fe4390a726e43aab344bf71ccb760edf381_large
އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ ހަސަން ޒަމީލް އޭނާގެ ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި. --ފޮޓޯ: މިހާރު
އައިޝަތު ސަދާ ސަޢީދު
415ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމަފިރިއަކު ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވައިފިއެވެ.

ރައީސް ކަމަށް ކުރިމަތިލާފައިވަނީ، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ މއ. މާވެޔޮވިލާ ހަސަން ޒަމީލްއެވެ. އަމިއްލަ ގޮތުން ޒަމީލް ރައީސް ކަމަށް ކުރިމަތިލެއްވިއިރު، އެ ބޭފުޅާގެ ރަނިންމޭޓްއަކީ އަނބިކަބަލުން، މަރިޔަމް އަލީމްއެވެ. އަދި އިންތިހާބީ އޭޖެންޓްއަކަށް ނަގާފައިވަނީ، އެ ދެ ބޭފުޅުންގެ ދަރިފުޅު އަހުމަދު މަހުރާން ޒަމީލްއެވެ.

މިދިޔަ މަސް ތެރޭ ޒަމީލް އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރިއިރު، އޭރު އާއިލާގެ އެހީތެރިކަމާ އެކު ތައްޔާރުކުރި ލިޔުމެއްގައި ޒަމީލް ވަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން އީސީއަށް ދައްކަންޖެހޭ 100،000ރ. އާއި 1،500 މީހުންގެ ސޮއި ހަމަކުރަންޖެހުމާ ދެކޮޅަށް ވެސް ވާހަކަ ދައްކަވައިފަ އެވެ. ރައީސް ކަމަށް ހުށަހަޅާ ފޯމާ އެކު 100،000ރ. ހުށަހަޅަން ޖެހެ އެވެ.

300 × 250

އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު މިއަދު މެންދުރު 2:00 އަށް ހަމަވާއިރު، މިހާތަނަށް އަށް ބޭފުޅަކު ވަނީ ވާދަކުރެއްވުމުގެ ފޯމު ހުށަހަޅުއްވައިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެދިވަޑައިގަންނަވާފައިވީ ނަމަވެސް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި