ގދ ތިނަދޫ ގެ މަގުތައް ހެދުމަށް އަދުގެ ރައީސް ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދާ މަގުތަކުގައި ހަދާފައިވާ ސްޕީޑް ބްރޭކް މައްސަލައިގައި ރަށު ކައުނަސިލުން ރައްޔިތުންގެ ކިބައިން މަފައް އެދިއްޖެ އެވެ. ތިނަދޫ ކައުންސިލުން މިއަދު އާންމު ކޮއްފައިވާ އެ ކައުންސިލްގެ ފޭސްބުކް ޕޭޖް ޕޯސްޓެއް ގައި ބުނެފައި ވަނީ ތިނަދޫގައި ތާރުއަޅައިގެން އަލަށް ހަދާ ނިމެމުންދާ މަގުތަކުގައި މިހާރު ހަދަމުންދާ ސްޕީޑް ބްރޭކަރުތައް އަޅަމުންދާގޮތާމެދު ކައުންސިލާއި ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުން ހުރުމުން ތިނަދޫގައި ޤާއިމްވެތިބި ފުލުހުންނާއިވެސް އެކު އާރު.ޑީ.ސީ ގެ ބޭފުޅުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި އެކަމަށް އެދެވޭ ޙައްލެއް ލިބޭތޯ ކައުންސިލުން މިދަނީ މަސައްކަތް ކުރަމުން ކަމަށާއި މިކަމުގައި ރައްޔިތުންގެ ޚިޔާލު ކައުންސިލަށް ފޯރުކޮށްދީ، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ޕޯސްޓުގައި ބުނެފައިވަނީ އެކަން ޙައްލުކުރަން މަސައްކަތް ކުރެވެމުންދާއިރު ރައްޔިތުންނަށް މެދުވެރިވަމުންދާ ތަކުލީފުތަކަށްވެސް ކައުންސިލުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.
ތިނަދޫގައި ތާރައަޅައިގެން އަލަށް ހަދާނިމެމުންދާ މަގުތަކުގައި މިހާރު ހަދަމުންދާ ސްޕީޑް ބްރޭކަރު ތައް އަޅަމުންދާގޮތާމެދު... Posted by Secretariat of the Thinadhoo Council on Monday, August 7, 2023
ތިނަދޫ ގެ މަގުތައް ތަރައްޤީ ކުރުމަށް ކުރިޔަށް ގެންދާ ފޭސް 2 މަސައްކަތުގައި މަސައްކަތް ކުރިޔަށް ގެންދާ ގޮތުން މަގުތައް ބެނުން ކުރާ ފަރާތްތަކުން ދަނީ ރައީސް ސޯލިހުގެ ސަރުކާރަށާއި، އެ މަސައްކަތް ކުރަމުންދާ އާރުޑީސީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.