ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހެކެބވެ. އޭނާ ކޯޓުގައި ބުނިގޮތުގައި، އޭނާ ވަށްކަންކުރީ "ބަނޑުހައިވެގެން"ނެވެ. ކޯޓުން ބުނެފައިވާ ގޮތުގައި އޭނާ ކުރީ ކުޑަ ވަށްކަމަެއް ނަމަވެސް، 15 ދުވަސް ބަންދަށް ޖަހާފައިވަނީ އޭނާއަކީ އެނޫނަސް ކުށްތަކުގެ ރިކޯޑް އޮންނަ މީހަކަށް ވާތީއެވެ. އދި ކޮޓު އަމުރުގައި ވާ ގޮތުން، އެމީހާ ބަންދުކުރަން ނިންމާފައިވަނީ އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ދާދި ފަހުންވަނީ ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކުވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ. މި ފަހަކަށް އައިސް މިފަދަ ކުށްތައް ގިނަވެ ވައްކަމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވެގެންދާ ކަަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު މުޖުތަމައުގައި ހިނގާފައިވާ ކުށް ތަކަށް ބަލާއިރުވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ފުލުހުން އާންމުކުރި،  މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެ މުއްދަތުގައި 5،805 މައްސަލައެއްގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވެ އެވެ. އޭގެ ތެރެއިން މައްސަލަ ފައިލްކޮށް، ތަހުގީގުކުރީ 3،508 މައްސަލައިގެ އެވެ.