ފެނާއި ކަރަންޓު، ނެތުމުގެ ސަބަބުން، ހއ. ދިއްދޫ ސްކޫލުގެ ދަރިވަރުންނަށް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި އިރުވެސް ތިބެން ޖެހުނީ ސުކޫލަށް ހާޒިރުނުވެވި އެވެ.
އެ ސްުކޫލު ސެޓެލައިޓް ސްކޫލަކަށް ބަދަލުކޮށް، 22 ކުއްޖަކާއެކު ކިޔަވަން ފެށުމަށް ހަމަޖައްސާފައި ވީނަމަވެސް އާ އަހަރުގެ ކިޔެވުން، މިދިޔަ ހަފްތާގައި ފެށިފަހުން، ބެލެެނެވެރިން ދަރިވަރުން ކިޔަވަން ފޮނުވާފައެއް ނުވެއެވެ.
މި ކަމާއި ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަވެސް ހުށަހަޅާފައެވެ.
ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން، ދިއްދޫ ކައުންސިލްގެ ރައީސް، ޢައްސާން އަބްދުﷲ ބުނެފައިވަނީ، އެ ރަށު ސުކޫލުގެ ކިޔެވުން، ނެފެށިވަނީ އެތާގައި ފެނާއި ކަރަންޓްގެ ޚިދުމަތް ނެތުމުގެ ސަބަބުންނާއި، ފާހާނާވެސް ނުނިމި ވާތީ ކަމަށެވެ.
"އެތާނގައި ފެނެއް ނެތް، ކަރަންޓެއް ނެތް، ފާހަނާ ވެސް ނުނިމޭ. މިނިސްޓްރީން ބެލެނިވެރިން ކައިރީ މި ބުނަނީ ކުދިން އެތަނަށް ފޮނުވާށޭ. އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވޭ ސްކޫލް އެހެން ހުއްޓާ، އެ ކަންކަން ހައްލު ނުވަނީސް ފޮނުވާކަށް. "ބާވީސް ކުދިން އެ ތިބެނީ ރަށުގައި. ކިޔަވާކަށް ނުދޭ،" ޣައްސާން ވިދާޅުވެފައިވެއެވެ.
މި މައްސަލަ މިހެން ދިމާވެފައިވާ އިރު، އެޑިޔުކެޝަން މިނިސްޓްރީން ކަމާއި ގުޅޭ ސީދާ ބަހެއް ބުނެފައެއް ނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.