ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 12 އަހަރުގެ، ޢާއިޝާ ބިންތި މަހުމޫދު ރިޔާޟް ފެނިއްޖެއެވެ.
އެ ކުއްޖާ ފެނިފައިވަނީ، މިއަދު 13:44 ހާއިރު، ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ ކުއްޖާގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އައިޝާ ހޯދަން ފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެންނެވެ.
އައަދި އިޝާ ހޯދަން އާއިލާއިން ކުރި މަސައްކަތުން އައިޝާ ނުފެނުމުން ރޭ ދަންވަރު 12 ޖަހާކަށް ހާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.