1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގއ ވިލިނގިލިންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ބޮޑު ނުރުހުމެއް!

mihaaru
ގއ. ވިލިނގިއްޔަށް ރައީސް މިއަދު ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން އެއްވެ ކުރި މުޒާހަރާގެ ތެރެއިން --ފޮޓޯ: މިހާރު
ހުވަދޫ ނިއުސް ޓީމް
604ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ހުވަދު އަތޮޅުގެ ރަށް ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ ވިލިނގިއްޔަށްވަޑައިގެންނެވުމުން މުޒާހަރާ ކުރަން ފަށައި ބޮޑު ނުރުހުން ތަކެއް ފާޅު ކޮއްފިއެވެ.

ރައީސް ސޯލިހް އެރަށަށް ވަޑައިގަތުމުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުން ވަނީ އެރަށު ބަނދަރު ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން ފަށާފައެވެ . ނަމަވެސް އެ މީހުން މުޒާހަރާ ކުރަމުން ދިޔައީ ބަނދަރު ސަރަހައްދާއި ވަރަށް ދުރުގައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އެ ރަށަށް ފައިބާ ވަޑައިގެންނެވި ވަގުތު ބަނދަރު ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ވިލިނގިލީ ގައި މިއަދު ކުރިޔަށް ދިޔަ ސިޔާސީ ހަރަކާތުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.

300 × 250

https://twitter.com/Ubufili2/status/1689635704710778880?s=20

މީޑިއާ ރިޕޯޓު ތައް ބުނާ ގޮތުގައި މިއަދު ވިލިނގިލީ ގައި ހިގާދިޔަ ހަމަނުޖެހުމުގައި ރިއޮޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ޓޭޕު ދަމައި ފައިވާ ސަރަޙައްދަށް ވެސް ވަދެ އިދިކޮޅު ފަރާތްތައް އެތަނުން ވެސް ދުރަށް ލާން މަސައްކަތް ކޮށްފައެވެ. މިއަދު ވިލިނގިލީގައި ހިނގި ކުރިމަތިލުމުގައި 3 ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ވަރަށް ގިނަ އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ގެ ކެމްޕޭން ޖަލްސާ މިރޭ ވިލިނގިލީ ޒުވާނުންގެ މަރުކަޒު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު ޖަލްސާ އޮނަ ތަން ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީީ ކޮށްފައެވެ. އަދި މުޅި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަބަދުވެސް އެމްޑީޕީގެ ފިކުރާ ދެކޮޅު ގިނަ މީހުން ދިރިއުޅޭ ވިލިނގިލީ ގައި މިއަދު ކުރިޔަށް ދިޔަ ހަރަކާތަކުގައި ވެސް ތިބީ މިއަދުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވަދު ރަށްރަށަށް ވަޑައިގަތުމުން އަތޮޅުގެ ގިނަ ރަށްރަށުން ވަނީ މުޒާހަރާކޮށް ނުރުހުންފާޅުކޮށްފައެވެ. .އަދި މުޒާހަރާ ހުއްުޓުވަން ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އިބްރާހީމް މުހަންމަދު ސޯލިޙް

    ރާއްޖޭގަ ހުރިހާރަށެއްގަ އެންމެ މީހުންގިނަ، ދިވެހިންނައް ޕާޓީއެއްގެސިފަތައް ކިޔާދީ ދެންމިއަދާހަމަޔައް އުފެދުނުހުރިހާ ޕާޓީތަކުގެ ބަފަޔަކީ އެމް،ޑީ،ޕީ ކަމައްވާއިރު އުސޫލުތަކާއި ޙިލާފައް ސިޔާސީ އިދިކޮޅު ފަރާތްތަކައް ޖެއްސުންކޮއް އަޑުގަދަކޮއް ކަންކަން ހުއްޓުވަން އެމް،ޑީ،ޕީ އިން ނިކުންނަން ފަށައިފިޔާ ދެންހުރި ހުރިހުރިހާ ޕާޓީތަކުން ޖެހޭނީ ހަމައެކަނި ސިޔާސީ ހަރަކާތް ޟޯޟަލްމީޑިއާގައި އެކަނި ހިންގުންނޫންގޮތެެއް ނޯންނާނެކަން ޔަގީން.، އެކަމު އެމް،ޑީ،ޕީ އިން މިބުނިފަދަ ނާތަހުޒީބު ބޯހަމަނުޖެހޭ ކަންކަންކޮއް ވަރުގަދަކަން ދެއްކުމަކީ އެމް،ޑީ،ޕީ ގެ ސިފައެއްނޫން..

  • އިބްރާހީމް މުހަންމަދު ސޯލިޙް

    ޕީ،ޕީ،އެމް އަކީރީތި ސިޔާސީ ހަރަކާތެއް ހިންގަންއިނގޭ ޕާޓީ އެއްނޫން.. ހަމައެކަނި ޕީ،ޕީ،އެމް އައް ކުރަންއިނގޭނީ ފިތުނަކޮއް މުޖްތަމައުގެ އެކުވެރިކަން ގެއްލުވާލުމައްށާ، އި އެންޓި ކެމްޕެއިން ކުރަން.. ޕާޓީގަނޑުން ނެރުނު މީހާއައް ވޯޓުގަނޑެއްހޯދަން ޕޮރޮމޯޓް ކޮއް އިންސާފުވެރި ކެމްޕެއިންއެއް ކުުރާކައް ނޭނގޭނެއެވެ..

ގުޅުންހުރި