ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު, އިދިކޮޅު ޕްރޮގްރެވިސް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިވެ ވަޑައިގެންފިއެވެ. ޕީޕީއެމްގެ މެމްބަރު ކަމުގެ އިތުރުން ވަހީދު ވަނީ އެ ޕާޓީގެ އެޑްވައިޒަރު ކަމުގެ މަގާމުން ވެސް މިރޭ އިސްތިއުފާ ދެއްވާފައެވެ. މިކަން އެމަނިކުފާނު ހާމަކޮށްފައިވަނީ މިރޭ ނެރުއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ހާމަކޮށްފައިވާ ގޮތުން، އެމަނިކުފާނު މީގެ 10 އަހަރުކުރިން ޕީޕީއެމްއާއި ގުޅިވަޑައިގަތީ، ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށް، ރައްޔިތުންގެ ކުރިއެރުމާއި އިގްތިސާދު ދަމަހައްޓާ، ތަރައްގީގެ ފިޔަވަޅުތައް ދެމެހެއްޓުމަަށެވެ. އަދި މިހުރިހާ ކަމަކާއި އެކު، ޕީޕީއެމްއިން ވަކިވުމަށް ނިންމީ ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށްވެސް، ވަހީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މީގެ 10 އަހަރު ކުރިން ޕީޕީއެމާ ގުޅިވަޑައިގަތީ، ޤައުމީ ހަމަޖެހުމާއި، ތަރައްޤީގެ ފިޔަވަޅުތަކުގެ ޙިއްޞާ ކަށަވަރުކުރުމަށްޓަކައި."
މީގެ އިތުރުން، އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި، އަދި އަބަދުވެސް މަސައްކަތްކުރައްވަނީ، ރައްޔިތުންގެ ކެުރިއެރުމާއި، ހަމަޖެހުން ގާއުމްކުރުމަށް ކަމަށާއި، އަދި އެފަދަ މާހައުލެއްގައި، ލިބިފައިވާ ހުނަރާއި އިލްމު ބޭނުންކޮށްގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭ ކަމަށްވެސް ވަހީދު ވިދާޅުވެފައިވެއެވެ. "ވަރަށް ބޮޑަށް ވިސްނުމަށްފަހު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފިން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އަޅުގަނޑުގެ ހުނަރާއި ތަޖުރިބާއާއި ޢިލްމުގެ ބޭނުން، ހަމަޖެހުމާއި، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަން ހުރި ތަނެއްގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކާމިޔާބީއަށް މަގުފަހިކޮށްދޭނޭ ގޮތަކަށް މަސައްކަތްކުރެވޭނެ މަހައުލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް". އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އަބަދުވެސް ޕީޕީއެމްގެ މެންބަރުންނާއި އެ ޕާޓީގައި ހުންނަވައިގެން ލިބިލެއްވި ތަޖުރިބާތަކާއި ކުރިއެރުމާއި، ގައުމުގެ ރައްޔިތުން އަބަަދުވެސް އެމަނިކުފާނުގެ ހިތުގައި ވަރަށް އިޚުލާސްތެރިކަމާއިއެކު ހިފަހައްޓާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަބަދުވެސް މަސައްކަތްކުރާނީ، ރައްޔިތުންގެ ކުރިއެރުމާއި، ޤައުމުގެ މިނިވަންކަމާއި، ދެމެހެއްޓެނިވި ކުރިއެރުމާއި، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްކަމށްވެސް ވަހީދު ވިދާޅުވިއެވެ. ވަހީދު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އިރު، އެމަނިކުފާނު ޕީޕީއެމްގެ ރިޔާސީ ޓިކެޓްއަށް ޝައުގުވެރިވި ކަމަށް އަޑުތައް ފެތިރިފައި ވެއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުށުގު ރިކޯޓް ސާފުކުރެއްވުމަށް، އެމަނިކުފާނު ހުށަހެޅުއްވިއެވެ. އަދި ކުރިގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސި އިންތިހާބުގައި ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވުމާއިއެކު، އިންތިހާބަށް ކުރިމަތިލެއްވުމަށް ވަހީދުގެ ޝައުގުވެރިކަން ވަނި ފާޅުކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.