1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ތަރައްޤީ މަޝްރޫޢުތައް ނުހުއްޓުވާ ބާރަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ދެއްވައިފި

muizzu
ހުވަދޫ ނިއުސް ޓީމް
640ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު ރިޔާސީ ކެމްޕޭނު ފެއްޓެވުމަށް ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. ހަނިމާދޫ ރައްޔިތުންގެ ޝަކުވާ ބަންޑުންކޮށްލިއިރު އެންމެ ބޮޑު ޝަކުވާއަކީ އިންޑިއާ އަސްކަރީ ސިފައިން ތިބޭތިބުމެވެ. މިއާއިއެކު ތިލަދުންމަތީގެ މަސްކިރުމުގަ ދިމާވާ ދަތިތައްވެސް ފާހަގަކުރިއެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފުރިހަމަކޮށްދިނުމަށް އެދިފައިވެއެވެ.

”މަސްވެރި މޫސުމުގަ މަސްގަންނާނެ ބަޔަކުނެތް،. ޑރ. މުޢިއްޒު އަށް ވެރިކަން ލިބިއްޖެނަމަ މިކަން ކާމިޔާބު ކޮށްދޭން އެދެން. ރައީސް ޔާމީންގެ ސަރުކާރުގަ ވީވަރުވެސް މި ފަސް އަހަރުނުވޭ. މިއީ މަސްވެރިކަމަށް ސަރުކާރުތަކުން އިހުމާލުވެފައިވާވަރު ހާމަވާ ކަމެއް“ ޚިޔާލުފާޅުކުރި ރައްޔިތަކު ފާހަގަކުރިއެވެ.

ހަނިމާދޫ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާ ހަރަކާތްތެރިވުމެވެ. މީގެއިތުރުން ހަނިމާދޫގެ ހޮސްޕިޓަލް ހެދުމާއި، އެއާޕޯޓް މިހާރު އޮތްގޮތް ނިމުމަކަށް ގެނެސް ސަރުކާރުގެ ތަނަކަށް ހެދުމަށާއި، ޕެންޝަން ސްކީމްގެ ފައިސާ އަނބުރާ ލިބޭނެ ގޮތް ހަދައިދެއްވުމަށް ހަނިމާދޫ ރައްޔިތުން އެދިފައިވެއެވެ.

300 × 250
”ބޭނުންވަނީ އިންޑިއާ ސިފައިން މި ޤައުމުން ބޭލުން. ރޯދަމަހުވެސް ދުވާލުގަޑީ މަގުމަތީ ކައިބޮއި އަހަރުމެންނަށް ފުރައްސާރަވާގޮތަށް ޢަމަލުތައް ހުންނަނީ.. މިއީ ބޮޑުވެއްޖެ ކަމެއް. މިކަން ހައްލުކޮށްދީ.. މިކަން ކުރެވޭނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިކަން ޔަޤީން“ ރައްޔިތަކު ފާހަގަކުރިއެވެ.

މިއާއިއެކު އިދިކޮޅު ލީޑަރ ރައީސް ޔާމީން ޖަލުގައި 1000 ދުވަސް ފާއިތުވުމަކީ ހިތާމަކޮށް ކަންބޮޑުވާ ކަމެއްކަމަށާއި، ރައީސް ޔާމީން މިނިވަންކޮށްދިނުމަށްވެސް ހަނިމާދޫއިން ޑރ. މުޢިއްޒު އަރިހުގައި ދެންނެވިއެވެ. https://twitter.com/TeamMuizzu/status/1690255552704913409?s=20 ހަނިމާދޫ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ ޑރ. މުޢިއްޒު ވަނީ އެކަންކަމަށް ހައްލު ގެނެސްދެއްވާނެ ކަމާއި ތަރައްޤީގެ އެންމެހާ މަޝްރޫޢުތައް ކުރިއަށްވުރެ ބާރަށް ގެންދަވާނެ ކަމުގެ ވަޢުދުވެވަޑައިގެންފައެވެ.

”ހަނިމާދޫ އެއާޕޯޓް މަޝްރޫޢު މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން. އަދި ހަނިމާދޫގެ ތަރައްޤީގެ އިތުރު ކަންކަން ކުރިއަށްގެންދާނަން. އަޅުގަނޑުމެން މިކުރާ މަސައްކަތް ހުރިހާބޭފުޅުން އެކީގައި އެއްބުރުން ކާމިޔާބުކުރާނަން“

  ޑރ. މުޢިއްޒު ވިދާޅުވީ ތިލަދުންމައްޗަށް މިކުރާ ދަތުރު ތެރޭގައި މެނިފެސްޓޯއާއި ގުޅޭ އިތުރު ވާހަކަ ހާމަ ކުރާނެކަމަށާއި، އަދި އިރާދަކުރެއްވިއްޔާ ހަނިމާދޫ ރައްޔިތުންގެ އެދިލެއްވުންތައް ހާސިލްކޮށްދޭނެ ކަމަށެވެ. ޑރ. މުއިއްޒުގެ ވާހަކަތަކަށްފަހު ހަނިމާދޫ އާންމުން ބުނީ ތަރައްޤީގެ ކަންކަމުގައި ޑރ. މުޢިއްޒު އަށް ޝައްކެއް ނުކުރާކަމަށާއި، ޕީޕީއެމް ޕީއެންސީގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަމުން ހަނިމާދޫ ތަރައްޤީކުރެވޭނީ ޑރ. މުޢިއްޒު އިންތިޚާބުކޮށްގެން ކަމަށެވެ. އެހެންކަމުން ހަނިމާދޫގެ މެޖޯރިޓީ ވޯޓު ދޭނެ ކަމަށާއި، ސަރުކާރުގެ ވަޒީފާގެ ބިރަށް މީހުންނަށް ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވާން ނުކެރުނަސް ވޯޓުން މަންޒަރު ސާފުވާނެކަމަށް އެރަށުން ބުންޏެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި