1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ޒަމީލްގެ ވެރިކަމުގައި އެންމެ ކުޑަ އުޖޫރައަކީ 20،000 އާއި 25،000 ރުފިޔާ ދެމެދު

Hassan Zameel
އަލްއުސްތާޛް ޙަސަން ޒަމީލް
ހުވަދޫ ނިއުސް ޓީމް
1,490ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައިދޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 20000 ރުފިޔާއާއި 25000 ރުފިޔާއާއި ދެމެދުގެ ޢަދަދެއް ދެއްވާނެކަމަށް، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ އަލްއުސްތާޛް ޙަސަން ޒަމީލް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވައިފިއެވެ. ޒަމީލް ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން މިހާރު ޢާންމު ކުރައްވާފައެވެ.

ޒަމީލް ވިދާޅުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އޭނާ ނިކުމެވަޑައިގަތީ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލަތުން ޕާޓީ ކޯލިޝަނަކުން އުފައްދާ ސަރުކާރަކުން ޤައުމުގެ ކަންކަން ރަނގަޅު ކުރެވޭނެކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާތީކަމަށެވެ. އެހެންކަމުން ރާއްޖެ ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކާ ކުރަންޖެހޭ ބައެއް ކަންތައްތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

އެގޮތުން ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 20000 އާއި 25000 ރުފިޔާ ދެމެދުގެ ޢަދަދެއް ހަމަޖައްސާނެކަމަށް ވަނީ ކަނޑައަޅަފައެވެ. އަދި ބުރަ މަސައްކަތް ނުވަތަ ގެއްލުމެއް ލިބިދާނެފަދަ މާހައުލެއްގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރަ ނުވަތަ އިނާޔަތްތައް އިތުރު ކޮށްދެވޭނޭ ގޮތެއް ހޯއްދަވާނެކަމަށްވެސް ޒަމީލްގެ މެނިފެސްޓޯގައިވެއެވެ.

300 × 250

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަކީ ދަތި ކަމެއްކަން ފާހަގަ ކުރައްވަމުން ޒަމީލް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލައި އެ މަރުތަކަށް އިންސާފް ހޯދައިދެއްވާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

ޒަމީލްގެ މެނިފެސްޓޯގައި ވަނީ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަތައް ބަލައި އެމައްސަލައިގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. ކޯލިޝަން ސަރުކާރުގައިނަމަ އެ ހިޔާނާތުގެ ބައިވެރިންކަމަށް ޝައްކު ކުރެވޭ ބައެއް ފަރާތްތައް ސަރުކާރުގެ ހިއްސާދާރުން ކަމުގައިވުން އެކަށީގެން ވާކަމަށާއި، އެހެން ކަމުން އެހާލަތުގައި ވައުދު ފުއްދަން މަސައްކަތް ކޮއްފިނަމަ ކޮންމެވެސް ހިސާބަކުން ކޯލިޝަނުގެ ބައިވެރިއަކާ ސުވާލުކުރަންޖެހި ސުވާލުނުކުރެވި މައްސަލަ ބަންދުވާނީ ކަމްވެސް ޒަމީލްގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ.

ގަވައިދާ ހިލާފަށް ރާއްޖެ އައިސްގެން އުޅޭ ބިދޭސީން ފޮނުވާލުމާއި މަސްތުވާތަކެއްޗައް އޮންނަ ޑިމާންޑް ނައްތައިލެވޭނެ ގޮތެއް ހޯދުމާއި، އާސަންދަ ނިޒާމު އިސްލާހު ކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ޕޭމެންޓްތައް ދައުލަތުގެ ނިޒާމެއްގެ ތެރެއިން އެ ވިޔަފާރި ކުރާ ފަރާތްތަކަށް ހޯދާދިނުމަށްވެސް ޒަމީލް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި، ދަރިން ބެލުމަށް ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތަ ކުރުމަށް ގޭތެރޭގައި ހުންނަ ބެލެނެވެރިޔާއަށްވެސް މުސާރަދިނުންވެސް ޒަމީލްގެ މެނިފެސްޓޯގައި ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ކަނޑައަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީވެސް ޒަމީލްއެވެ. ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސަވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އަމާން

    މިއުޅެނީ މުސާރަ ބޮޑު ނުކުރެވިގެންތަ؟ ގައުމު އެކި ގޮތް ގޮތުން ސަލާމަތް ނުކުރެވިގެން ނޫންތަ؟

ގުޅުންހުރި