އެމްޑީޕީ އުފެއްދި އެންމެހައި އަސާސްތައް ދޫކޮށްލާފައިވާ ކަމަށް ބުނެ، އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ އެ ޕާޓީން ވަކިވެއްޖެއެވެ.
ޕާޓީން ވަކިވިކަން އަންގާ އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، 2018ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލުއިންސާފުގައި ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށް ބުނެކަމަށެވެ.
" ޕާޓީ އުފެއްދި އެންމެހައި އަސާސްތައް ދޫކޮށްލައި، ޕާޓިއަކީ ވެރިކަމާއި، ވެރިކަމުގެ ބާރު ހޯދާން އޮތް ވަސީލަތަކަށް ހަދައި ނިމުނު އިރު، އެޕާޓީގެ އިސް ސަފުގައި، ބަސްކިޔާ ގޮތް ނިންމާން މިތިބީ، ޕާޓީ އުފެއްދިޔަ ނުދޭށާއި، ޕާޓީގެ ދުންފުނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާއުކުރި މީހުނެވެ. މަޖިލިސް ތެރޭގައި، ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް މި ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެންތިބި، އޭރުގެ ޑީއާރުޕިގެ މެންބަރުންނެވެ"
މީގެ އިތުރުން، މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބުގެ އޮފީހުގެ ސެކްޝަނަކަށް އެމްޑީޕީން ބަދަލުކޮށްފައިވާ ކަމަށާއި، ހައިކޯޓު ހިންގަމުންދަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ދައުލަތުގެ ވަޒީރުން ތަކުރާރުކޮިށް ގާނޫނުގެ އިމުގެ ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ހިފެހެއްޓަމަުންދާއިރު، އެކަންކަން ދިފާއުކުރައްވަނީ ބަންޑާރަނއިބު ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ އޭނާ ބައިވެރިވީ އަމިއްލަ ޒާތި ކަންތައްތަކެއް ފުއްދަން ނޫން ކަމަށާއި، އެމްޑީޕީއާއި ގުޅުނީ، ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހު ކުރުމަށްކަމަށްވެސް އިބުރާ ވިދާޅުވިއެވެެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.