ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުއިން ހިލޭ އޭ ލެވެލް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ސުކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އެވެ. އެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އެޑިޔުކޭޝަނުގެ މިންގަޑަށް އޯލެވެލް އިމްތިހާނުން ފާސްވެފައިވާ ހުރިހާ ދަރިވަރުންނަށް އެ ސްކޫލުން ހިލޭ ކިޔެވުމުގެ ޖާގަ ތަނަވަސް ކޮށްދޭނެ ކަމަށާއި، އެ ސްކޫލުގައި 11 އަދި 12 ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، އޮގަސްޓު 29 ގެ ނިޔަލަށް އޮންލައިންކޮށް އަދި ފޯމު ހުށަހަޅައިގެން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.
"ވަރަށް ގިނަ ބެލެނިވެރިންނަށް ހީފުޅުވެފައި އޮންނަނީ އަޅުގަނޑުމެންނަކީ ސަރުކާރު ސްކޫލެެއް ނޫންވީމަ، ބޮޑު ފީ އެއް ނަގައިގެންނޭ ކިޔަވައި ދެނީ. ނޫން. އެޑިއުކޭޝަންގެ މިންގަނޑަށް އޯލެވެލް އިން ފާސްވި ހުރިހާ ދަރިވަރުންނަށްވެސް މި ސްކޫލުން ހިލޭ ކިޔެވޭނެ"
މީގެ އިތުރުން، އެ ސްކޫލަށް އަލަށް ވަންނަ ދަރިވަރުންނާއި މިހާރު އެ ތަނުގައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕަކަށް ވެސް ހުޅުވާލާފައިވާ ކަމަށާއި އެއީ އޯ ލެވެލް އިން ގައުމީ ގަދަ 10ގެ އެއްވަނަ ލިބޭ ދަރިވަރުންނަށް ދޭ ބްރިލިއަންޓް ސްކޮލަޝިޕް އާއި އެޑިއުކޭޝަންގެ ކަލަންޑަރުގައި ހިމެނިފައިވާ ކުޅިވަރު މުބާރާތަކުން އެއްވަނަ ލިބޭ ދަރިވަރުންނަށް ދޭ ސްޕޯޓްސް ސްކޮލަޝިޕް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެޑިއުކޭޝަންގެ މިންގަނޑަކީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމް ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާއިން ފާސްވެފައިވުމެވެ. ފާސްވެފައިވާ ކަމަށް ބެލެވޭނީ ސީ އަދި އެއަށްވުރެ މަތިން ފާސްވެފައިވުމުންނެވެ. މިނިސްޓްރީގެ މާލީ އެހީގެ ދަށުން އޭލެވެލް އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުން ދިވެހި އަދި އިސްލާމް އިތުރުން އެޑެކްސެލް ނުވަތަ ކެމްބްރިޖް އިންޓަނޭޝަނަލް އެގްޒޭމިނޭޝަންސްގެ ތިން މާއްދާ ކިޔަވަން ޖެހޭނެ އެވެ.
މީގެ 13 އަހަރުކުރިން އުފެއްދި ވިލާ ހައި ސްކޫލުގައި މިހާރު ވެސް 700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
ވިލާ ސްކޫލު ފާހަގަކުރެވެނީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލުގެ ގޮތުގަ އެވެ. އެ ސްކޫލަކީ ތަފާތު އިންޑަސްޓްރީ ތަކުގެ
ވިލާ ހައި ސްކޫލުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައިވަނީ ސެޕްޓެމްބަރު ތިނެއްގަ އެވެ. މި ސްކޫލަށް ވަނުމަށް އެދޭ ފޯމް ވިލާ ސްކޫލުގެ ވެބްސައިޓުން އަދި ސްކޫލު އޮފީހުން ލިބެން ހުންނާނެ އެވެ.
ޚިޔާލު (2)
ޚޮބާތޯ ތިބުނާ މިންގަޑަށް ފާސް ނުވާ ކުދިނނަށް އޮއެތް ފރުސަޔަކީ. ހުރިހާ ދިމށލަކުންވެަސް އެކުދިންނަށް ފުރުސަޔު ގެެްލިފަ މިއޮންނަނީ ށަރުކާރު ތހަނުގަ ކިޔަވަދޭ ޓީޗަރުން ނާދޭ. ޟުސާރަދީފަ ގޭގަ ބާލާނެފަރާތެއްނެތް
ކޮބާތޯ ތިބުނާ މިންގަޑަށް ފާސް ނުވާ ކުދިންނަށް އޮއެތް ފުރުސަތަކީ. ހުރިހާ ދިމާލަކުންވެސް އެކުދިންނަށް ފުރުސަތު ގެެއްލިފަ މިއޮންނަނީ ސަރުކާރު ތަހަނުގަ ކިޔަވަދޭ ޓީޗަރުން ނާދޭ. މުސާރަދީފަ ގޭގަ ބާލާނެ ފަރާތެއްނެތް. އެޑިއުކޭޝަން ނިދާފަ