ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަކަން އޮންނަންވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރާއި ރައްޔިތުންނާއި ދެމެދު އޮންނަންޖެހޭ ގުޅުމެއް ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުން، ތަރައްގީ ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެނެއް ނޫންކަމަށާއި، މި ސަރުކާރާއި ރައްޔިތުންނާއި ދެމެދު އޮންނަންޖެހޭ ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން، ސަރުކާރެއް އަންނަނީ، ރައްޔިތުންގެ ސަބަބުން ކަމަށާއި، އެހެން ކަމުން ރައްޔިތުންގެ އަޑުއަހާ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ވެރިކަން ކުރާ ފަރާތުން ރައްޔިތުންނަށް ހިދުމަތްދޭންވާނީ އަދުލުވެރިކަމާއި އެކުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި، އެ ކޯލިޝަންގެ ސަރުކާރެއްގައި، އެންމެ އިސްކަންދޭނެ ކަމަކީ ގެދޮރުވެރިކަން ކަމަށާއި، ދެވަނަޔަށް އެންމެ އިސްކަންދޭ ނެކަމަކީ ވަޒީފާތައް އިއާދަކޮށް ގިނަ ފުރުސަތުތައް ރައްޔިތުންނަށް ހޯދައި ދިނުން ކަަމަށެވެ.
"ޒުވާނުންނަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި އެންމެ އިސްކަންދޭ ކަންކަން. އެމަނިކުފާނުގެ ފުރަތަމަ ދައުރުގައިވެސް އެކަން ރައްޔިތުންނަށް ފެނިގެންދާނެ. ސަރުކާރެެއް ވާންޖެހޭނީ ރައްޔިތުންގެ އަޑުއަހާ ގޮތަށް" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެންމެން އެކައްޗެއް ކިޔައި އިންތިިހާބުގައި ގިނަ ބުރުތަކަށް ދާން ނަހައްދައި، ދިވެހިންގެ ރާއްޖެ ހޯދުމަށް އެންމެން އެކީ މަސައްކަތްކުރަން ޖެހޭ ކަމަށާއި، ޕީޕީއެމް އިން ދިވެހިންގެ ދިވެހި ވަންތަކަން ގެނެސްދީ ދިވެހި ބަހާއި، ސަގާފަތް ހިމާޔަތްކޮށްދޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.