1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

އިންތިިޚާބުގައި ގިނަ ބުރުތަކަށް ދާން ނަހައްދަވާ: މުޢިއްޒު

ed218e12-aa40-4199-a6c0-f47d32343ca6
ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ .---ފޮޓޯ: ޕީޕީއެމް
އައިޝަތު ސަދާ ސަޢީދު
588ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ ބުރުތަކަކަށް ދާން ނެހެދުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކޮށްފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރާއްޖޭގެ ސަގާފަތާއި ބަހާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިފަހަހައްޓާ ހިމާޔަތް ކޮށްދޭނެ ކަމަށެވެ.

300 × 250

އެހެން ކަމުން އެންމެން އެކައްޗެއް ކިޔައި، ރިޔާސީ އިންތިހާބު އެއްބުރުން ނިންމާލުމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ރއީސް އިބްރާހިމް މުހައްމދު ޞޯލިހްގެ ސަރުކާރުގެ އަޅުވަތިކަމުން ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަަށާއި، އެ ކޯލިޝަންއިން ވެރިކަމާއި ހަވާލުވެއްޖެނަމަ، އަބަދުވެސް އިސްކުރައްވާނީ ދިވެހި ގައުމު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ގައުމުގެ މިނިވަންކަން ގެއްލުމުގެ ކޮޅު މަތީގައި މިއޮތީ. އެންމެން އެބަޖެހޭ އެއްބައިވަންތަ ބަޔަކަށް ވާން. ގައުމު ސަލާމަތްކުރެވޭނީ އެންމެން އެއް ފިކުރަކަށް އައިސްގެން. އެއީ ގައުމީ ފިކުރު. އެންމެ ފުރަތަމަ ގައުމު އިސްކުރުން. ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުއްޓަސް އެމީހާ އެބަ އިސްކުރަންޖެހޭ ދިވެއްސަކަަށް ވީތީ ދިވެހިންގެ ރާއްޖެއެއް ގެނައުމަށް ވިސްނަންޖެހޭ."

މީގެ އިތުރުން އެ ބޭފުޅުންގެ ސަރުކާރެެއްގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގަތެވެ.

އެގޮތުން، ޒުވާނުންނަކީ ރައީސް ޔާމީންގެ މެނިފެސްތޯގައި އެންމެ އިސްކަމެއް ދެއްވާފައިވާ ފަރާތްތައްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"ޒުވާނުންނަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި އެންމެ އިސްކަންދޭ ކަންކަން. އެމަނިކުފާނުގެ ފުރަތަމަ ދައުރުގައިވެސް އެކަން ރައްޔިތުންނަށް ފެނިގެންދާނެ. ސަރުކާރެެއް ބިނާވެގެން ދާންޖެހޭނީ ރައްޔިތުންގެ އަޑުއަހާ ސަރުކާރަަކަށް" މުއިއްޒު ވިދާޅުވިއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި