ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެންފިނަމަ، އޭނާއަށް ފެނިވަޑައިގަންނަވަނީ ވަރަށް ނިކަމެތި ދުވަސްތަކެއް ކަމަށް ހޯމް މިނިސްޓަރު އަދި އެމްޑީޕީގެ ކޯލިޝަން ޕާޓްނަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މިހާރު ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދީގެން ކަމަށާއި، އެއީ ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
”މިސާލަކަށް، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި، ފަހަރުގައި، ޑރ.މުއިއްޒު ހަމައެކަނި ކުރިމަތިލެއްވީ 3000 މީހުންގެ ޕާޓީއަކުން ދެން އެމަނިކުފާނު ކުރިމަތިލައްވަން މި ޖެހެނީ ކޯލިޝަން ހަދާފައިވާ ޕީޕީއެމްއާ.“
އިމްރާން އިތުރަށް ވިދާޅުވީ، މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތަސް، ކުރިއަށް ވަޑައިނުގެންނެވިދާނެ ފަދަ ކަންކަން މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.
އިމްރާން މިހެން ވިދާޅުވިއިރު، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކުރިން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއުއް ހުއްޓާނުލާނެކަމުގެ ޔަގީންކަން އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، މުއިއްޒު ވަނީ ދެއްވައިފައެވެ.







ޚިޔާލު (3)
ރައްޔިތުން އިންޝާ.ﷲ ނިކަމެއްޗެއް ނުވާނެ. އެކަމަކު އިމްރާން ނިކަމެތި ވެދާނެ. ބިތު ފަންގިނަގާނަން. ކެޔޮކޭވަރު ބަލާނަން. އިއްޗިއެއްވެސް ދޫނުކުރާނަން. އިމްރާން އޮންނަންވީ ގޮޅި އިންޝާﷲ އެބަ ރެޑީވޭ.
އެހެން ކަމެއް ނުވިއަސް ތިގޮލާގެ މިނިސްޓަރ ކަން ގެއްލޭނެ .
ޢިމްރާނަށް ނުލިބޭނެ ނިކަމެތި ކަމެއް. ހެއްދެވި ފަރާތުން ނިކަމެތި ކުރެއްވުމުން ނޫނީ. އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ދޯ ތިޔަ ހިސާބަށް ތިބޭޅާ ގެނެސްދިނީ. އިލާހުވަންތަ ކަމުގަ ޝަރީކު ކުރުން ދޭހަވާ ފަދަ ބަސްތަކަކަށް ވެދާނެތީ ބިރުގަތުން ހުރި