ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ސަރުކާރުން ހިލޭ ގޯތި ދިނުމުން އެއީ ރިޝްވަތުގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސަރުކާރަަށް ފާޑު ވިދާޅުވެއްޖެއެވެ. ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހައި ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށާއި އެކަމަކު ވޯޓުލާން ދެތިން ހަފުތާއަށް ވުމުން ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށެވެ.
"އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން. އެކަމަކު އޭސީސީ އަށް އެތަން ފެންނަ ކަމަކަށް ނުވޭ" ދުންޔާ ވިދާޅުވިއެވެ.
ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެނީ އެތަނުން 18،948 ފަރާތަކަށެވެ. އަދި ބާކީ 684 އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވީ ނަމަވެސް އެކަމަށް އަދި ބިން ބޭނުން ވެއެވެ. މާލެއިން ގޯތި ލިބޭ ގޮތަށް މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފައި ވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހުގައެވެ. މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ވަނީ ގުރު ނަގަން ފަށައިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.