ރިޔާސީ އިންތިޚާބު ގައި ވާދަ ކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ޕީއެންސީގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ،ސެމްބެއަށް ގދ ތިނަދޫ އިން ވަރަށް ހޫނު މަރުހަބާ ކިޔައިފިއެވެ.

ސެންބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ތިނަދޫއަށް ވަޑައިގަތުމުން އެ ޕާޓީ އިން މީގެ ކުރިން ނުކިޔާފަދަ މަރުހަބާއެއް ވަނީ ކިޔާފައެވެ. އެގޮތުން ރަނިންމޭޓް ސެމްބެ ވަޑައިގަތުމުން ޅެމަކުން ޝުޢޫރު ފާޅުކޮށް މާތަކުންވަނީ މަރުހަބާ ކިޔާފައެވެ. އަދި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ.

https://twitter.com/ProgressPartyMV/status/1691798177475924013?s=20

ސެންބެ އާއި ކެމްޕެއިން ޓީމު ވަނީ ސަޕޯޓަރުންނާއެކު ހިނގަވާފައި ކެމްޕެއިން ޖަގަހައަށް ވަޑައިގެންފައެވެ. އޭގެ ފަހުގައި ރަށުގެ އެކި ސަރަހައްދު ތަކުގެ ގޭގެޔަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވާފައެވެ. ރަނިންމޭޓް ސެމްބެ ބާއްވާ ޖަލްސާ މިރޭ ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރު ގައި އޮންނާނެ ކަމަށް ޕީޕީއެމް އިން މަޢުލޫމާތު ދެއެވެ.

https://twitter.com/ProgressPartyMV/status/1691797953319669833?s=20