1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވެމްކޯގެ ޚިދުމަތް އިތުރު 15 ރަށަކަށް ފުޅާ ކުރަނީ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި
މަރިޔަމް އަފީފާ
370ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް އިތުރު 15 ރަށަކަށް ފުޅާ ކުރާނެ ކަން ހާމަކުރައްވައިފިއެވެ.

ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު، ދައުލަތުގެ މީޑީޔާއަށް ދެއްވި އިންޓާވިއުއެއްގައި ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާވެސް މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ.

ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

300 × 250

ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރެވި، އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާ މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައްކަމަށް ވެސް އުބެއިދު ވިދާޅުވިއެވެ.

މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށަށް ދިމާވެފައިވާ ކުނީގެ ދަތިތަކަން ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު، ހުރިހާ ސިޓީތަކަށް އެ ކުންފުނީގެ ޚިދުމަތް ވަނީ ފޯރުކޮށްދެވިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި