އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދަކުރައްވާ ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ހާމަކޮށްފައިވާ އިރު، ރާއްޖޭގެ އިސްތިސާދަށް ފައިދާ ކުރުވަނިވި އެތައް ކަމެއް ހިމަނާފައިވާ ކަން ފާހަގަކޮށްލަންޖެހެއެެވެ.
އެގޮތުން، ދިވެހި މަސްވެރިންނާއި ދަނޑުވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ހައްލު ލިބޭނެ ގޮތަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އެގޮތުން މެނިފެސްޓޫގައި ހިމަނާފައިވާ އެފަދަ މުހިންމު ކަނތައްތަކަށް ބަލާލާއިރު:
"މަސްވެރިކަން ދިރުވުން" ގެ މުހިންމު ބައެއް ބައިތައް
- މިފްކޯގެ ޝެއާ އަމިއްލަ ފަރާތްތަކަށް ވިއްކުން.
- ކަޅުބިލަމަހުގެ ދޯނިފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރަން ލުއި ލޯނު.
- އުތުރާއި ދެކުނުގައި އިތުރު ދެ ކޭނެރީ ގާއިމުކުރުން.
- 100 މޭލުން ބޭރުގައި މަސްވެރިކަން ކުރަން ފިފްތު ޖެނެރޭޝަން 50 އުޅަނދު ބަނދެ އަގު ހެޔޮކޮށް ވިއްކުން.
- ދިވެހި މަހުގެ އުފެއްދުންތައް ބޭރުގައި އިޝްތިހާރު ކުރަން "ފިޝަރީޒް ޕްރޮމޯޝަން ބޯޑު" އުފެއްދުން.
- ހަތް ސަރަހައްދެއްގައި އެކުއާ ކަލްޗާގެ ޕްރޮޖެކްޓުތަކެއް ހިންގުން.
"ދަނޑުވެރިކަން ފުޅާކުރުން" ގެ މުހިންމު ބައެއް ބައިތައް
- ދަނޑުވެރިންނަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރުން.
- ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް މޭވާ، ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ހައްދާ ގައުމަކަށް ހެދުން.
- ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ނުފެށި ހުރި 58 ރަށެއްގައި މަސައްކަތް ފެށުން.
- އެގްރިކަލްޗާ ކޮލެޖެއް ގާއިމުކުރުން.
- ހައިޑްރޯފޯނިކްސް ދަނޑުވެރިކަން ފުޅާކޮށް ވާޓިކަލް ގާޑަނިންގެ ގްރީންހައުސް ގާއިމުކުރުން.
- ނެޝަނަލް ސީޑް ބޭންކެއް ގާއިމުކުރުން.
ޖޭޕީން ބުނަނީ މައިގަނޑު 15 ދާއިރާއަކަށް ބަހާލާފައިވާ މެނިފެސްޓޯ އަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގު ކަމަށައި އެ މަގަށް ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ހޯއްދަވާފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން، އެބޭފުޅާއަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި "ވިލާ" ގެ ބާނީ އަދި ޗެއާމަނެވެ. ފެހި ޤާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން އެމަނިކުފާނު ކުރައްވާފައިވާއިރު، ސިޔާސީ އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެއްވި ޤާސިމްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އދ. އަތޮޅާއި، މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަންވެސް ކުރައްވައިފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.