ރިޔާސީ އިންތިޚާބު ގައި ވާދަ ކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ޕީއެންސީގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް(ސެމްބެ) އަށް ގއ.ވިލިނގިލި އިން ވެސް ވަރަށް ހޫނު މަރުހަބާ ކިޔައިފިއެވެ.

ސެންބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެ ރަށަށް ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ކުރިން ނުކިޔާ ފަދަ ޖޯޝެއްގައި ވަރަށް ފޯރިގަދަ މަރުހަބާއެއް ކިޔާފައެވެ. ޕީޕީއެމް ޕީއެންސީ ރަނިންމޭޓް ސެމްބެ ވަޑައިގަތުމުން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒުގެ އިތުރުން އެ ޕާޓީގެ ލީޓަރު ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އެ ރަށުގައި ވެސް
ސެންބެ އާއި ކެމްޕެއިން ޓީމު ވަނީ ސަޕޯޓަރުންނާއެކު ހިނގަވާފައި ވަޑައިގެންނެވީ ކެމްޕެއިން ޖާގަހައަށެވެ.

https://twitter.com/ProgressPartyMV/status/1692155326722941317?s=20

އޭގެ ފަހުގައި އެހެން ރަށް ރަށުގައި ވެސް ކެމްޕެއިން ކުރެއްވި ގޮތަށް ރަށުގެ އެކި އެކި ސަރަހައްދު ތަކުގެ ގޭގެޔަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވާފައެވެ. އިދިކޮޅު ރަނިންމޭޓް ސެންބެ ހުވަދު އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމުން ލޯތްބާއި އެކު ކިޔާ ހޫނު މަރުހަބާ ލިސްޓުގައި ގއ ވިލިނގިލީ ވެސް ވަނީ ފާހަގަ ކުރެވިފައެވެ.