ގދތިނަދޫގައި ހަދަމުންދާ ތާރު މަގުގެ ބަންޕަރަކަށް އަރައި ނުރައްކާތެރި ޙާދިސާއެއް ހިނގައިފިއެވެ.
މި ޙާދިސާ ހިނގީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ބަންޕަރަކަށް އަރައި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެ ތަނާ ވަރަށް ކައިރީގައި މާ ތިރިކޮށް ހުރި ޖަންގްޝަނަކަށް ވެއްޓި, އެތަނުން އަރައި ގަންނަން އުޅުމުގައި އިތުރަށް ހިނގި ހާދިސާ އެއްގައެވެ. އިއްޔެ ހެނދުނު 9 ޖެހި އިރު ހިނގި މި ހާދިސާގެ މަންޒަރު ދުށް މީހަކު ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ބުނީސައިކަލް ދުއްވަން އިން އަންހެންމީހާ ވެއްޓިގެން ގޮސް ޖެހުނު ގޮތުން އޭނާއަށް ވަރަށް އަނިޔާވެ ލައިގެން ހުރި ހެދުންވެސް ވަރަށް ބޮޑަށް ވީދައިގެން ގޮސްފައިވާ ކަމަށެވެ.

ތިނަދޫ ގައި މިހާރު ކުރިޔަށްދާ މަގު ހެދުމުގެ 2 ވަނަ ފޭހުގެ މަސައްކަތުގައި ބައެއް މަގުތަކުގައި ހަދާފައިވާ ބަންޕަރުތައް އުސް ކަމުން ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ދަނީ ވަރަށް ގިނަ އަނިޔާތަކާއި ނުރައްކަލާއި ކުރިމަތި ލަމުންނެވެ. އަދި މި މައްސަލަ ބޮޑުވެ ރަށު ކައުނަސިލުގައި ރައްޔިތުން ޝަކުވާ ކުރުމުން ކައުންސިލުން ވަނީ އެ ރަށުގައި މަސައްކަތް ކުރަމުން ގެންދާ ސަރުކާރުގެ ކުންފުނި, އާރުޑީސީ އާއި ވާހަކަ ދައްކާ އެގޮތަށް މަސައްކަތް ކުރުން ހުއްޓުވައި ރައްޔިތުން ކިބައިން މަޢާފަށް ހެދިފައެވެ. ނަމަވެސް ހަދާފައިވާ ބަންޕަރުތަކުގައި ވަގުތީ އިސް ޓިކާ ޓޭޕެއް އެޅުން ފިޔަވާ އިތުރު ކަމެއް ކޮއްފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.
ތިނަދޫ ގައި ޒަމާނީ ފެންވަރަށް ހަދާ މަގުތައް ކަމަށް ބުނެ ކުރިޔަށް ގެންދާ މި މަސައްކަތް ލަސް ވާތީ އާއި އެ މަސައްކަތް ކުރާ ގޮތުން ގުޅިގެން ތިނަދޫގެ ރައްޔިތުން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.







ޚިޔާލު (4)
ރައީސް އިބޫ އަކަށް ހުވަދު އަތޮޅު އެއްވެސް ރަށެއްގެ ތާއީދެއްނެތް
ތިނަދޫގައި ރައީސް ސޯލިހުގެ ސަރުކާރުން ހަދައިފައިވާ މަގުތައް ކަމަކު ނުދޭ
ތެނަދޫ އިން އިބޫ ޗޯރަށް ވޯޓުދެނެ ބައިކެންނެ ނެތާ . މީހިންނެ ފަޤީރޭގެ ޗޯރުގެ ވެރިކަމުގައި
މަގުތައް ނަހަދާ ބަހައްޓާ