އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަ ކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ޕީއެންސީގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ސެމްބެއަށް ހޫނު މަރުހަބާއެއް ކިޔާ ރަށު ރައްޔިތުންގެ ރޫޙު ހުރިގޮތް ދައްކުވައި ދީފިއެވެ.
ސެންބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެ ރަށަށް ވަޑައިގަތުމުން ޕީޕީއެމް ޕީއެންސީ ގެސަޕޯޓަރުން ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާ އެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޕީޕީއެމް ޕީއެންސީ ރަނިންމޭޓް ސެމްބެ ވަޑައިގަތުމުން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒުގެ އިތުރުން އެ ޕާޓީގެ ލީޑަރު ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އެ ރަށުގައި ވެސް ސެންބެ އާއި ކެމްޕެއިން ޓީމު ވަނީ ސަޕޯޓަރުންނާއެކު ހިނގަވާފައި ވަޑައިގެންނެވީ ކެމްޕެއިން ޖާގަހައަށެވެ.
https://twitter.com/ProgressPartyMV/status/1692533611004916193?s=20







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.