ރިޔާސީ އިންތިހާބު ކާމިޔާބު ނުވިނަމަވެސް، އެއްވެސް ކޯލިޝަންއަކާއި ނުގުޅޭނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާޞުގައި ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛް ހަސަން ޒަމީލް ވިދާޅުވެއްޖެއެެވ.
އެބޭފުލާ މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުަގއި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ޓެލެވިޒަން މޯލްޑިވްސްއިން ކުރިއަށްގެންދާ ޕްރޮގްރާމްއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ، ރާއްޖޭގެ ތާރީުގެ ތެރެއިންވެސް ކޯލިޝަން ހަދައިން ސަރުކާރުތައް އައިސް މޮޅެތި ވައުދުތައް ވެފައި ވީނަމަވެސް ދައުރު ނިމިގެންދާއިރު، ވައުދުވާ ގިނަ ކަންކަން ނުފުއްދި ރައްޔިތުން ތިބެނީ މާޔޫސް ވެފައި ކަމަށެވެ. އެހެންކަމުން އިބޭފުޅާއަށް އިންތިހާބު ކާމިޔާބު ނުވިޔަސް އެއްވެސް ކޯލިޝަންއަކާއި ނުގުޅޭނޭ ކަމަށް ޒަމީލް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.