ޕީޕީއެމްއަކީ މެނިފެސްޓްއެއް އަދި ތަސައްވުރެއްވެސް ނެތް ޕާޓީއެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ޑިފެންސްމިނިސްޓަރ ކަންވެސް ކުރައްވާ މާރިޔާ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޕީޕީއެމްއާއި ޚިލާފަށް އެމްޑީޕީއަކީ ރައްޔިތުންނާއި ވާހަކަ ދައްކައި، އެ ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށް ފަހު، މެނިފެސްޓޯ ތައްޔާރުކުރާ ބައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބުގެ ނޮމިނޭޝަންސް އަންނަން އެއް ދުވަހަށް ވެފައި އޮއްވައި، ކުއްލިއަކަށް ޕީޕީއެމުން އެ ބޭފުޅާ ހުންނެވި ޑެޕިއުޓީ ލީޑަރުގެ މަގާމު ދޫކޮށްލައްވާފައި ދެން ވަޑައިގެން ޕީއެންސީއަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓް ގޮތަށް ހުންނެވީ. އެހެންވީމަ އެކަން ނިމިގެން ދިޔަ ގޮތުން ވެސް އެނގޭ އެމީހުން [އިދިކޮޅު] ގެ މެނިފެސްޓޯއެއް ނޯންނާނެކަން. އެ މީހުންގެ ތަސައްވަރެއް ނޯންނާނެކަން."
މީގެ އިތުރުން މާރިޔާ ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ރަށްތަކަށް ވަޑައިގެން ވައުދުވަނީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކަމަށާއި އާ މަޝުްރޫއުތަކެއް ނުވަތަ އާ ކަމަކަށް ވައުދު ވެވިފައި ނެތް ކަމަށެވެ.
"ބައްލަވާ. ،މުއްޔަށް އަރުއްވާފައި އެއާޕޯޓުގެ ވާހަކަ ދައްކާއިރު މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެ ދަނީއޭ ކުރަމުން،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާވަނީ، 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ނުފުއްދޭ ބައެއް ވައުދުތައް ހުރިކަން މާރިޔާވަނީ ފާހަގަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.