ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރުއަށް ކެމްޕެއިންއާއި ގުޅިގެން ބޭއްވި ސައިކަލްބުރުގެ ތެރެއިން، ދަނގަޑު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފިއެވެ.
އެބޭފުޅާ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ ކަމަށް ތުޙުމަތުކުރެވޭ މީހަކު ދަނގަޑު އެއްޗެއް އެއްލައި މޫނު މަތީގައި ޖަހާފައިވާ ކަމަށެވެ. އަދި ހަމަލާ ދިނުމަށްފަހު އެމީހަކު އެތަނުން ފިލާފައިވާ ކަމަށްވެސް އުމަރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
އުމަރު ވިދާޅުވިގޮތުގައި، އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާއި ހިއްސާ ކުރައްޥާފައެވެ. އަދި މި ހާދިސާގެ ސަބަބުން އޭނާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







ޚިޔާލު (1)
ގައުމެއްގެ ރިޔާސީ ކެނޑިޑޭޓަކަށް، ސިފައިން ސެކިއުރިޓީ ދީފައިވާއިރުވެސް އާންމު މީހަކު ހަމަލާއެއް ދިނުމަކީ ގައުމުގެ އަމާންކަން ފެންނަން އޮތްވަރު. އަދިވެސް އަމާން ދިވެހި އިންޑިއާއޭ ކިޔާ އެބަ ގޮވައެއްނު ބަޔަކު