1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުން ތިނަދޫގައި އެޅި ބަންޕަރުގެ ސަބަބުން ނުރައްކާތެރި އިތުރު ހާދިސާއެއް

IMG_6380
މިރޭ ހިނގައިދިޔަ އެކްސިޑެންޓު : ފޮޓޯ: ކިޔުންތެރިއެއް
މުހައްމަދު އަޚްތަރު
2,045ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫގައި ސަރުކާރުން އަލަށް ހަދާ ތާރު މަގުގެ ބަންޕަރެއްގެ ޖެހި ނުރައްކާތެރި އިތުރު ހާދިސާއެއް ހިނގައިފިއެވެ. 

މިރޭ ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ  ސައިކަލެއްގައި ދިޔަ ފިރިހެނަކަށެވެ. 

މަންޒަރު ދުއް މީހަކު ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ބުނީ މިރޭ ހިނގި ހާދިސާ ގައި މަގުގައި ހަދާފައިވާ ބަންޕަރުގައި އެ މީހާ ޖެހުނީ ދުއްވާފައި ދިޔަ އިރު ލޮލަށް ނޭރުމުން ކަމަށް ބެލެވޭ ކަމަށާއި އޭގެ މައްޗަށް އަރައި ވެއްޓުމުގެ ސަބަބުން އޭނާގެ ފަޔަށް ވަރަށް އަނިޔާވެ ޒަޚަމު ވެފައިވާ ކަމަށެވެ. 

300 × 250

IMG_6381

ތިނަދޫ ގައި މިހާރު ކުރިޔަށްދާ މަގު ހެދުމުގެ 2 ވަނަ ފޭހުގެ މަސައްކަތުގައި ބައެއް މަގުތަކުގައި ހަދާފައިވާ ބަންޕަރުތައް އުސް ކަމުން ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ދަނީ ވަރަށް ގިނަ އަނިޔާތަކާއި ނުރައްކަލާއި ކުރިމަތި ލަމުންނެވެ. އަދި މި މައްސަލަ ބޮޑުވެ ރަށު ކައުންސިލުގައި ރައްޔިތުން ޝަކުވާ ކުރުމުން ކައުންސިލުން ވަނީ އެ ރަށުގައި މަސައްކަތް ކުރަމުން ގެންދާ ސަރުކާރުގެ ކުންފުނި, އާރުޑީސީ އާއި ވާހަކަ ދައްކާ އެގޮތަށް މަސައްކަތް ކުރުން ހުއްޓުވައި ރައްޔިތުން ކިބައިން މަޢާފަށް ހެދިފައެވެ. ނަމަވެސް ހަދާފައިވާ ބަންޕަރުތަކުގައި ވަގުތީ އިސް ޓިކާ ޓޭޕެއް އެޅުން ފިޔަވާ އިތުރު ކަމެއް ކޮއްފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ. 

ތިނަދޫ ގައި ޒަމާނީ ފެންވަރަށް ހަދާ މަގުތައް ކަމަށް ބުނެ ކުރިޔަށް ގެންދާ މި މަސައްކަތް ލަސް ވާތީ އާއި އެ މަސައްކަތް ކުރާ ގޮތުން ގުޅިގެން ތިނަދޫގެ ރައްޔިތުން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި