1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ކެންޑިޑޭޓުންގެ ސަލާމަތައް ނުރައްކާވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އީސީއިން ގޮވާލައިފި

big_7fjXwfQBs1ihohIYjcugpV5wk
އިލެކްޝަންސް ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް
އައިޝަތު ސަދާ ސަޢީދު
407ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އެކޮމިޝަނުން މިކަމަށް އިލްތިމާސްކުރެއްވީ، ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަޞީރަށް މީހަކު ޙަމަލާދިން މައްސަލައާއި ގުޅިގެންނެވެ.

އިއްޔެ ހަވީރު މާލޭގައި ކެމްޕެއިން ހަރަކާތެއްގައި ޢުމަރު ނަޞީރު ހުންނަވަނިކޮށް، މީހަކު ވަނީ ދަގަނޑު އެއްޗެއް ބޭނުންކޮށްގެން ވަނީ ޙަމަލާދީފައެވެ. މިކަމާއި ގުޅިގެން ޢުމަރު ނަސީރު ވިދާޅުވެފައިވަނީ އެމަނިކުފާނު ކެމްޕެއިން ހަރަކާތުގައި ހުންނަވަނިކޮށް، ޑްރަގް ވިއްކާކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ މޫނުމަތީ ޖެއްސެވުމަށްފަހު ފިލާފައިވާކަމަށެވެ.

300 × 250

އެ ހަމަލާގައި އުމަރުއަށް އަނިޔާއެއް ވެފައިނުވާކަމަށް އޭނާވަނި ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުން ނަންތައް އެ ކޮމިޝަނުން ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެން، އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ބޭފުޅަކު ޙަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާކަމަށެވެ.

އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއްކަމަށް ހަބީބް ވަނީ ހަންދާންކޮށްދެއްވާފައެވެ. އަދި މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ހަބީބު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން،  މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް ޙަބީބު ވަނީ ވިދާޅުވެފައެވެ.

އިއްޔެ އުމަރު ނަސީރުއަށް ބަޔަކު ހަމަލާ ދީފައިވާއިރު، ތ. ގުރައިދޫ ގައި އްޔެ ވަނީ ދެ ޕާޓީގެ މެދުގައި ހަމަނުޖެހުމެއް ހިނގައި ދެ މީހެއްގެ ބޯ ފަޅާލާފައެވެ.

އީސީގެ ބައްދަލުވުމުގައި، މި ދެ ކަމަށް އިޝާރާތްކުރައްވާ އެފަދަ އަމަލުތައް ވަނީ ކުށްވެރިކޮށްފައެެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި