ދިވެހި ރާއްޖެ މިނިވަންކަންމަތީ މި އުޅެވެނީ، ރާއްޖޭގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރު " ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު" އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރު އަތުން އަތުލީމަކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ށ. ފުނާދޫގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ވަހީދު ވިދާޅުވީ، ރައީސްއެއްގެ އެންމެ މުހިންމު ވާޖިބަކީ، ގާނޫނާއި ގަވާއިދަށް ބޯލަނބައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުން ކަމަށާއި، އަދި ގާނޫނީ ހުކުމްތައް ގާއިމްކުރުމާއި މިނިވަންކަން ދެމެހެއްޓުމަކީވެސް ރައީސްއެއްގެ ވާޖިބްއެއް ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ޖުމްހޫރިއްޔާތުން ކުރަންޖެހޭ ކަންކަން، ބޭރު ގައުމުތަކުން ގޮތްކިޔާދޭނަމަ މިނިވަންކަމާއި ދައުލަތުގެ ބާރު އެވަނީ ގެއްލިފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" މިރަށަށް އައުމުން ތިބޭފުޅުން ދެންނެވި އެއާޕޯޓް އަތުލައިދޭށޭ. ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެން އެދުވަހު ޖީއެމްއާރް އަތުން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަދަރު އަތުލިން. އަތުލިކަމުން މިއަދު މިނިވަންކަމާއެކު މި އުޅެވެނީ."
ޖީއެމްއާރުއާއި އެއާޕޯޓި ހިންގުމަށް ހަވާލުކޯށްފައިވަނީ 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައިއެވެ. އަދި ފަހުން ނަޝީދުގެ ވެރިކަން ވެއްޓި، އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ، ވެރިކަމާއި ހަވާލުވެ ދިވެހިންގެ ވައިގެ ބަނދަރު ދިވެހިންނަށް ހޯދައިދީފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.