ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެއްޖެއެވެ.
މިކަން ހާމަކޮށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް، އޭނާ ފޮނުސި ސިޓީގައި ބުނެފައިވަނީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުުންނަވަން ބޭނުންފުޅު ނުވާތީވެ، އެ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ފުރަތަމަ އުފެދުނުއިރު ސިރާޖު މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނާއި އެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއިދު ކުރެއްވީ ރައީސް ސޯލިހަށެވެ.
ނަމަވެސް މި ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސިރާޖުވަނީ ވާހަކަ ދައްކަވާފައެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.