1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫގެ ކުރީގެ ގާޒީ ހޯދަން އިއުލާންކޮށްފި!

373040_3_3d96f894785e16f19b67725ddc70ba3a9ec4cf61_large
އައިޝަތު ސަދާ ސަޢީދު
892ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްތުވާތަކެތި މުޢާމަލާތްކުރުމުގެ މައްސަލައެއްގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު (46އ) ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

އިބްރާހިމް ރަޝީދު ހޯދުމަށް ފުލުހުން އިއުލާންކޮށްފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައި ނުވާތީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިއީ، ދައުލަތުން ދައުވާ ކުރާ، ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގައި ކަމަށްވެސް އެ އިއުލާނުގައި ފުލުހުން ބުނެފައިވެއެވެ.

300 × 250

ޕީޖީ އޮފީހުން އިބްރާހިމް ރަޝީދުގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާކުރީ 2017 ވަނަ އަހަރުގަ އެވެ. އެއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 28، 2016 ދުވަހުގެ މެންދަމު މަގުމަތިން އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ އޮކްޓޯބަރު 23، 9:45 ކަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އިބްރާހީމް ރަޝީދާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި