ގދ ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައި ހުރި އައިވީ ފުޅިތަކެއް ބޭނުންކޮށްގެން ގައްދޫ ރައްޔިތުން ސިއްޙީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ
އައިވީފުޅިތައް މުއްދަތު ހަމަވެފައިވާކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި އެޑްމިޓު ކުރި ކުއްޖެއްގެ ބައްޕަ އައިވީފުޅީގެ މުއްދަތު ހަމަވާ ތާރީހު ބެލުމުންނެވެ. އަދި މީގެ ކުރިންވެސް ވަނީ ކުއްޖަކަށް އައިވީ ދީފައެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި ފަރާތުން ބުނި އައިވީ ފުޅިތައްވަނީ އަންދާލާފައިކަމަށެވެ. އަދި އޭނާ ބުނީ އެކުއްޖާގެ އިތުރުން އެހެން އިތުރު ކުއްޖަކަށްވެސް އެ ސްޓޮކުން އައިވީ ދީފައިވާ ކަމަށެވެ. އަދި އެ އައިވީފުޅިތައްވެސް މިހާރު ވަނީ ނައްތާލާފައިވާ ކަމަށް އޭނާ ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.