1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫގެ ކުރީގެ ގާޒީއަށް 15 އަހަރުގެ ޖަލުހު ކުމަކާއި އެކު، 25،000ރ. ޖޫރިމަނާއެއް! 

373040_3_3d96f894785e16f19b67725ddc70ba3a9ec4cf61_large
މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ތިނަދޫގެ ކުރީގެ ގާޒީ، އިބްރާހިމް ރަޝީދު..
އައިޝަތު ސަދާ ސަޢީދު
6,921ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްތުވާތަކެތީގެ މައްސަލައެއްގައި، ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝިދު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގދ، ތިނަދޫ/ ގާކުރެލި އިބްރާހިމް ރަޝީދު 46އ، ގެ މައްޗަށް ޑައިމޯފިން މުއާމަލާތްކުރުމުގެ ދައުވާ އުފުލާފައިވަނީ، މެއި 28، 2016 ވަނަ ދުވަހު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.

އިބްރާހިމް ރަޝީދުއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ވާ މީހެއް ނޫންކަމަށް އޭނާ އަމިއްލައަށް ކޮޓުގައިވަނީ ބުނެފައެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުން ދެ ގްރާމްއަށް ވުރެ، މަދުން މަސްތުވާއެއްޗެއް ފެނިއްޖެނަމަ، ބެލެވޭނީ އެއީ މަސްތުވާތަކެތިން މުއާމަލާތްކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ.

300 × 250

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން އޭނާ ހުއްޓުވުމަށް ދިޔުމުން ،އިބްރާހިމް ރަޝިދު އޭނާގެ އަތުގައި އޮތް ޕެކެޓް މަގުމައްޗަށް އެއްލާލި މަންޒަރު އެ ސީނަށް ދިޔަ ފުލުހުންވަނީ ކްރިމިނަލް ކޯޓުގައި ހެކިބަސްދީފައެވެ. އަދި ފުލުހުން ދީފައިވާ ހެކިބަހުން، ޕެކެޓް އޮތީ އަލީ ރަޝީދުގައި އަތުގައި ކަމަށް ސާބިތުވާ ކަމަށްވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ. އަދި ހަމައެހެންމެ އަލީ އޭނާގެ އަމަލުތައް ހުރި ގޮތުން އެ ޕެކެޓުގައިވަނީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭ ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލާގައި އިބްރާހިމް ރަޝީދު ބުނެފައިވަނީ އެއީ އެ ޕެކެޓްއަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އެއީ ބަޔަކު އޭނާ ފްރޭމްކުރުމަށް އެތަނުގައި ބާއްވާފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެބުނުން ސާބިތުކޮށްދިނުމަށް އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާތީ، ކޯޓުގައި ހުކުމުގައިވަނީ އެކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ސާބިތުވާ ކަމަށް ކަނޑައެޅުމުން އިބްރާހިމް ރަޝީދު ވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އަދި ޑްރަގް ކޯޓުން ފަރުވާއަށް ފޮނުވާ ގޮތަށް ހުކުމް ކުރުމަށް އެދިފަ އެވެ.

އެހެންނަމަވެސް، ހަތަރު ގްރާމަށް ވުރެ މަދުން ޑައިމޯފިން ފެންނަ މައްސަލަތަކުގައި ފަރުވާއަށް ފޮނުވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފުވުމުންނެވެ. މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އޭނާ އިއުތިރާފުވެ އެގޮތަށް އެދިފައި ނުވާތީ ކޯޓުން ނިންމީ ޖަލު އަދަބާއި ޖޫރިމަނާ ކަނޑައެޅުމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަލްޒީފާ ހުކުމް ކުރެއްވީ، އޭނާ 15 އަހަރަށް ޖަލަށްލުމާއެކު 25،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

 

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޝީކާރަ

    މީނަ ކައިރިއަށް ޓިއުޝަނަށް ދިޔައީ ކޮންކުދިންނެއްތަ މަނޯހަރު އުޅުނު ގޮތަށާއި އޭގެ އަނެއް ވައްތަރަަށް ވެސް މީނާ އުޅުނުކަމަށްވޭ

ގުޅުންހުރި