އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެންނެވި އެއް ރަށަކީ، ގދ. ނަޑެއްލާއެވެ. އެބޭފުޅާ އެރަށަށް ވަޑައިގެންނެވިއިރ،ު ރަށު ރައްޔިތުންތިއްބެވީ، އެމަނިކުފާނުގެ އިސްތިގުބާލުގައި ބަނދަރުމަތީ އެތުރިލައިގެންނެވެ.
އެމަނިކުފާނާއި ސަލާންކޮށްލަން ކެތް މަދުވެދުވެފައެވެ. ނަމަވެސް، ރައްޔިތުން ހައިރާންކޮށްލާ، އެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިދިނީ މުއިއްޒުގެ ރިވެރި ނަމޫނާ ފެނިފައެވެ، ޕީޕިއެމް ހަރުގޭގައި ބާއްވާ އެ ޕާޓީގެ ޖަލްސާއަށް ރައްޔިތުން ތައްޔާރުވެގެން ތިއްބާ ، މުއިއްޒު ރައްޔިތުންގެ ކިބައިން އެދިލެއްވީ، މެންދުރު ނަމާދުގެ ގަޑިޖެހިފައިވުމުން، ހުރިހާ ރައްޔިތުން މުއިއްޒުއާއި އެކު ނަމާދުކޮށްލުމަށެވެ. އަދި އެހެން ވިދާޅުވުމަށްފަހު ލަސްކުރުމެއް ނެތި ރައްޔިތުންނާއި އެކު މުއިއްޒު ވަޑައިގަތީ މިސްކިތައް ނަމާދުކުރުމަށެވެ. އަދި އެބޭފުޅާ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވާނީ އޭގެ ފަހުން ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަލައްވާ ފަރާތަކީ، ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ނަމޫނާ ދެއްކޭ މީހަކަށް ވާންޖެހެއެވެ. އަދި ހަމައެހެންމެ ދީނުގެ މިންގަޑުތަކާއި އަންގަވާފައިވާ އެންގެވުންތައް ބޯލަނބައި ރައްޔިތުންނަށްވެސް އެ ގޮތަށް އުޅުމަށް ނަސޭހަތްތެރިވާ ވެރިތޔަކަށް ، އެ މަގާމަށް ކުރިމަތިލައްވާ ފަރާތަކުން ވާންޖެހޭނެއެވެ.
މިއަދު މުއިއްޒު މި ދެއްކެވި ނަމޫނާ އަކީ، ރައްޔިތުން އެދޭފަދަ ވެރިއެއްގެ ގައިގައި ހުންނަންޖެހޭނޭ ރިވެތި ސިފައެކެވެ. މުއިއްޒުއަކީ، ރިވެތި އަޚުލާގަކާއި ޚުލްގުވެރި، މަޑުމައިތިރި، ވިސްނުންފުޅު ތޫނު ބޭފުޅެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެބޭފުޅާ ދެ ސަރުކާރެއްގެ ކެބިނެޓްގައި ޑރ. މުއިއްޒުއާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިލެއްވި ކަމަށާއި، އެދެ ފަހަރުވެސް ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ބޭފުޅާއަކީ މުއިއްޒު ކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ.







ޚިޔާލު (1)
އިވޭއަޑު ތަކުން ގަދަރާއިހްތިރާމް އިތުރު ވުން ނޫން ކަމެއް ނުވޭ . އެމަނިކުފާނުގެ ބަފައި ބެއަކީ ވެސް އެހާމެ ދީންވެރި އެއް .