ސެޕްޓެމްބަރުމަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ސަންގ ޓީވީއިން ދެއްވި ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ގަބޫކުރައްވައިފިއެވެ.
ސަންގު ބަހުސްގައި ބައިވެރިވުމަށް ރައީސް ޞޯލިހްއަށް ފުރަތަމަ ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލުފުޅުކޮށްފައި ނުވާކަމަށް ސަންގު ޓީވީއިން ހާމަކޮށްފައިވެއެވެ.
ނަމަވެސް މިއަދު އެކަން ގަބޫލުފުޅު ކުރެއްވިކަމަށް ސަންގުން ބުނެފައިވާއިރު، ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ "ރިޔާސީ ބަހުސް" ވަނީ ކެންސަލް ކޮށްފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ. އެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
ޕީއެސްއެމްގެ ރިޔާސީ ބަހުސް ނުބާއްވާ ގޮތަށް ނިންމުމާއިއެކު، ސަންގު ބަހުސް ވެގެން ދާނީ، ރާއްޖޭގެ މީޑިއާއަކުން ގެނެސްދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމްއަށެވެ.
ސަންގު ބަހުސް ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.