1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ތިނަދޫއާއި ކާޑެއްދޫ ދެމެދު ބްރިޖްއެއް އަޅާނަން: މުޢިއްޒު

photo1693330193
ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު---
އައިޝަތު ސަދާ ސަޢީދު
544ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ. ތިނަދޫއާއި ގދ. ކާޑެއްދޫއާއި ދެމެދު ކޯޒްވޭ ބްރިޖްއެއް އަޅައި ގުޅާލާނެ ކަމަށް ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފިއެވެ.

ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިއުލާން ކުރެއްވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރާނީ އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ކަމަށާއި އަދި މުއިއްޒުގެ ވެރިކަމެއްގައި ނިންމާފައި ވަނީ އެ އެއާޕޯޓާއި ތިނަދޫއާ ގުޅާލާ ގޮތަށް ކަމަސްވެސް ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

މީގެ އިތުރުން، މުއިއްޒު ރޭ ވަނީ ތިނަދޫ، ސިޓީއަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުން ވެސް ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ތިނަދޫ ސިޓީއަކަށް ހަދާނެ ކަން މުއިއްޒު ވިދާޅުވި އެވެ.

300 × 250

އަދި މިހާރު ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 ހަމަވުމުންނެވެ. ތިނަދޫގެ އާބާދީއަކީ 8،000 އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ވަނީ ސިޓީއަކަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމު ކޮށްދީފައި އެވެ. ދެން އިތުރަށް ގާއިމްކުރަން ހުރި ކަންކަން އޭނާގެ ސަރުކާރެއްގައި ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިނަދޫގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން، ވެރިކަން ލިބިއްޖެ ނަމަ ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އިމާރާތް ކުރުމަށާއި، ތައުލީމީ ނިޒާމް ތަރައްގީކުރުމުގެ އިތުުރުން، މަސްވެރިންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އަދި ހުވަދު އަތޮޅަކީ އިގްތިސާދުގެ މައި އެއް ހަބުގެ ގޮތުގައި ތަރައްގީކޮށް، ހުވަދު އަތޮޅުގައި، 10،000 އެނދުގެ ޓުއަރިޒަމް މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް މުއިއްޒުވަނީ ވިދާޅުވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި