އަންނަ ސެޕްޓެމްބަރ މަހުގެ ނުވަަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަންއިން އެކަމަށް ފިޔަވަޅު އެޅުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންއިން ގޮވާލައިފިއެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ތަރުޖަމާނު، މުހައްމަދު ތޮލާލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި އެކަމަށް މަގު ދެއްކުމުގެ ގޮތުން ނުފޫޒު ފޯރުވުމާއި ދައުލަތުގެ މުވައްޒަފުންނަށް ބިރު ދެއްކުން އީސީން ހުއްޓުވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އީސީއަށް އެ ފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ބުނެ، މައްސަލަތައް ބަލަމުން ނުގެންދާ ކަމަށާއި، އަދި އީޒީގެ ހަމައެކަނި ޒިންމާއަކީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުނގެ ލިސްތުތައް އާންމުކޮށް، އެމީހުން ވޯޓު ކަރުދާސް ފޮއްޓަށް ވައްޓާލުމާ ހަމައަށް ކުރާ މަސައްކަތް އެކަނި ނޫން ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.
"އެކަން [މިނިވަންކަމާއި އިންސާފުވެރިކަމާ އެކު] ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެއް،"
އަދި މީގެ އިތުރުން، އެކި ކުލަ ކުލައިގެ ގަލަމުން ވޯޓުކަރުދާހުގައި ފާހަގަޖަހަން މަސައްކަތްކުރާ ކަމުގެ ތުހުމަތުކޮށް، ތޮލާލްވަނީ އިންސާފުވެރިކަމާ އެކު އިންތިހާބު ބޭއްވުމަށް ނޫ ނުވަތަ ކަޅު ކުލައިގެ ގަލަން އެކަނި ބޭނުންކުރެވޭ ގޮތަށް ހެދުމަށް ވެސް އީސީއަށް ގޮވާލައްވައިފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.