ކިސަނޑުގަތެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ނަފްސަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި ވޯޓަކާ ހަމައަށް ދާއިރު މި އިންތިހާބުގައި ލާ ކޮންމެ ވޯތަކީ ވާޖިބު ވޯޓެއް ކަމަށް ދެކޭ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގައި ގާސިމްގެ ނަން ހުތުރުކުރަން ތަފާތު އެކި ވާހަކަތައް ދައްކާ ކަމަށާއި އެފަދަ ވާހަކަތައް ސިޔާސީ ބައެއް ފަރާތްތަކުން ދައްކަނީ ގާސިމަކީ ކޮން ކަހަލަ ބޭފުޅެއްކަން ޒުވާނުންނަށް ހަގީގަތުގައި އެނގިދާނެތީ ކަމަށެވެ. ނަހުލާ ވިދާޅުވީ އަގުވައްތާލަން އުޅުނަސް ގާސިމް އަކީ ޖަވާހިރެއް ކަމަށެވެ.
" އަގުވައްޓާލަން އުޅުނަސް އަޅުގަނޑު ހަމަ ދަންނަވަން އޮތީ ކިސަނޑުގަތެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ސޯޝަލް މީޑިއާގައި ޤާސިމްއޭ ކިޔައިގެން ޖަހާނެ ސަކާރަތެއް ޖަހަންވީ ކަމަށާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ނިކުމެ ހުންނެވީ ގާސިމް ވެރިކަމަށް ގެންނަން އަތުކުރި އޮޅާލައިގެން ކަމަށެވެ. އަދި ގާސިމް އަކީ ދަރިންނާއި އަނބިންނަށް ދޭން ޖެހޭ ވަގުތު މަދުކޮށް, ވޭތުވެދިޔަ 40 އަހަރު ހޭދަކުރީ މި ގައުމުގެ ލޮބުވެރި ތައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.







ޚިޔާލު (1)
ޜައްޔިތުންނަށް ޚިދުމަތް ދޭކަށް ނޫން ހޭދަކުރީކީ އަންބޮނޑި ބޮޑުކުރަން ތިޔަބުނާ ހެން ނަމަ ކީއްވެބާ މުވައްޒަފުންގެ ސަރވިސް ޗާރޖް ކޮޅު ނުދީ ކާލަނީ އެއީ ވެސް ހަމަ ރައްޔިތުންގެ ހައްގު ކުރާ ކަމެއް ބާ ގާސިމްގެ މުވައްޒަފުންވެސް ގާސިމަށް ވޯޓުނުދޭނެ ކޮޔާ.