ތިނަދޫ ސިޓީ ގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައިވާ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާދިން ބަލި މީހަކު ޔޫރިން ޕާސް ކުރުވުވުމަށް ގުޅި ހޮޅި ނުބައިކޮށް ގުޅުމުގެ ސަބަބުން 7 ގަޑިއިރު ފަހުން އައީ ތާޒާ ލޭ ކަމަށް ބުނެ އެ ބަލިމީހާ، މީސް މީޑިއާ ގައި ހާމަ ކޮއްފިއެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަންނަ އަޙުމަދު އަފްރާހު އޭނާގެ ފޭސްބުކް އައިޑީގައި ލިޔެފައިވާ ޕޯސްޓް ގައި ބުނެފައިވަނީ 3 ދުވަސް ވެގެން ދިޔައިރުވެސް އެ ކަމުގަ ޒިންމާ ނަގާނެ މީހެއް ތިނަދޫ ސިޓީގަ ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ނެތް ކަމަށާއި ރާއްޖޭގެ އެހެން ހޮސްޕިޓަލެއްގަ ނެތް ފެންވަރުގެ ބޯޑް މެންބަރުންގެ ކޮމިޓީއެއް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އޮންނަ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ އީއާރްގަ 3 ގަޑިއިރު ޕޯރޓަބަލް ސެކޭން މެޝިން ނުގެނެވި އެތައް އިރެއް ހޮސްޕިޓަލްގައި އިންނަން ޖެހުނު ކަށާއި ނަމަވެސް ބުނަމުން ދިޔައީ,ޕަބްލިކް ރިލޭޝަންސް ،ޕީއާރް ފޯނަށް ޖަވާބު ނުދޭތި ވާ ލަހެއް ކަމަށެވެ. އަފްރާހު ބުނެފައި ވަނީ ހޮސްޕިޓަލްގެ ޕީއާރުން އަންގަނީ ޑޮކްޓަރު މިކަމުގެ އެއްވެސް ލިޔެކިއުމެއް އާސަންދާގެ ދަށުން ފުރުވާލުމަށް ހިއްސާ ނުކުރާ ކަމަށް އެހެނަސް ،ޑޮކްޓަރ ވިދާޅުވީ އެމީހުންގެ ހަބަރެއް ނުވާ ކަމަށް އަދި އެއީ ކޮންބައެއްކަން ވެސް ނޭނގުނު ކަމަށެވެ.

" ޔޫރިން ކެތިއެޓާރ ބަދަލު ކުރި (ބްރަދާ ސެއިޑް އައިމް ސޮރީ ) ޑޮކްޓަރ ބުނަނީ ދިސް އިޒް ނޮޓް މައި ފޯލްޓް" ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ގެ ޑރ ވިދާޅުވި ކަމަށް ބުނެ އަފްރާހު ބުނެފައި ވެއެވެ.

1 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ހެދުނު އައިޖީއެމްއެޗްގެ ޑިޔުޓީގަ ހުރި ޔޫރޯލޮޖީ ޑޮކްޓަރ އަނޫޕް ކުމާރް މިޝްރާ އާއި ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިކަންތައް ހިއްސާ ކުރުމުން ޑރ އަނޫޕް ކުމާރް މިޝްރާ ގެ ޖަވާބު ވަރަށް ކުރު ކަމަށާއި އޭނާ ވިދާޅުވީ ބޭސް ދީފަ ރަނގަޅު ކޮށްލުމަށް ކަމަށް ވެސް އޭނާގެ ފޭސްބުކް ޕޯސްޓް ގައި ލިޔުއްވާފައިވެއެއެވެ.

"ވަރަށް މަސައްކަތް ކޮށްފިން މިކަންތައް ޝޯސަލް މީޑިއާގަ މިކަންތައް ހިއްސާ ނޮކޮށް ވޭތޯ މި ކަމުގަ ޒިންމާ ނަގާނީ ކޮން ބައެއް, ބަލިމީހާއަށް އަނެއްކާ ވެސް އިތުރު ވޭނެއް.! ވޯޓު ލެވޭނީ ވެސް މީހާ ސަލާމަތުން ހުރެގެން ތާ" އޭނާ ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯ އަށް ޖަވާބެއް ނުދެއްވާތީ ވަނީ އެ ވުޒާރާ ގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.