1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ސިޓީގައި ސަރުކާރުން ހެދި ފުޓްބޯޅަ ދަނޑުގެ އެއްބައި ފެނު އަޑީގައި

thinadhoo
ތިނަދޫ ސިޓީގެ އާ ދަނޑު ފެންބޮޑުވެފައި.
ހުވަދޫ ނިއުސް ޓީމް
6,283ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ސިޓީގައި ޓާފު އަޅައި ތައްޔާރު ކުރި ފުޓްބޯޅަ ދަނޑެއް ރަސްމީކޮށް ހުޅުވިތާ ހަފުތާއެއް ނުވަނީސް ވެހުނު ވާރެއާއި އެކު ދަނޑުގެ އެއްބައި ގައި ފެންބޮނޑުވެ, އެ ފެން ބޭރު ނުވުމުގެ ސަބަބުން ނުކުޅެވޭ ވަރުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ކެމްޕޭން ދަތުރު ފުޅުގައި ތިނަދޫ ސިޓީ އަށް ވަޑައިގެން ހުޅުއްވައި ދެއްވާ ގޮތަށް ހަދަމުން ދިޔަ މި ދަނޑުގައި ފެންބޮޑުވެފައިވަނީ އަރި މަތީގައި ހަދާފައިވާ ކާނު ތަކުން އެއްވެސް ގޮތަކަށް ފެން ބޭރު ނުވާތީ ކަމަށް އިއްޔެ އެ ދަނޑުގައި ކުޅެން ގޮސް ތިބި މީހުން ބުނެއެވެ. ޒުވާނުން ތަކެއް އެދިގެން ދަނޑުގެ ހާލަތު ބަލާ ލުމަށް ހުވަދޫ މީޑިއާ އިން ގޮސް ބޭލި އިރު ދަނޑުގެ ދެކުނު ފަރާތު ގޯލު ކައިރީން ފެށިގެން ކޯނަރު ނަގާ ހިސާބާއި އިރުމަތީ ފަރާތުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

thinadhooތިނަދޫ ސިޓީގެ އާ ދަނޑު ފެންބޮޑުވެފައި ވާއިރަށް ތުއްތު ކުދިން ތަކެއް ފެނާ ކުޅެ މަޖާ ކުރަނީ

300 × 250

ޖުމްލަ 5,530,502.00 ރުފިޔާ ހަރަދުކޮށްގެން ޒަމާނީ ޓާފު ދަނޑެއްގެ ގޮތުގައި ތައްޔާރު ކޮށް ރޭގަނޑު ކުޅެވޭ ގޮތަށް ހަދާފައިވާ މި ދަނޑުގައި މައްސަލަ ތަކެއް ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ފާހަގަ ކުރައްވާފައިވާ އިރު އެތަނުގައި ހަދަން ޖެހޭ ޗޭންޖިން ރޫމް ތަކާއި ފާޚާނާ ތަކުގެ މަސައްކަތް ތަކާއި ދަނޑުގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައްވެސް ނިމިފައިވާ ނުވާ ކަން ފާހަގަކުރެވެއެވެ. އަދި އެތަނުގައި ހަދަން ބަޔަކާ ހަވާލު ކޮއްފައި ކަމަށް ބުނާ ސިޑިބަރީގެ މަސައްކަތް އެއްވެސް ގޮތަކަށް ފަށާފައި ނުވެއެވެ. ތިނަދޫ ދެކުނު އަވަށުގައި ސަރުކާރުން ހަދަމުންދާ މި ދަނޑު ގެ މަސައްކަތް ކުރަމުން ގެންދާތާ މިހާރު ވަރަށް ގިނަ އަހަރު ތަކެއް ވަނީ ވެފައެވެ.

thinadhooތިނަދޫ ސިޓީގެ އާ ދަނޑު ގެ އިރުމަތީ ފަރާތު މިހާރު އޮތް ގޮތް.

ތިނަދޫ ސިޓީ ކައުންސިލްގެ އިސް ވެރިޔަކު ހުވަދޫ އަށް މަޢުލޫމާތު ދެއްވި ގޮތުގައި ދަނޑު ގެ މަސައްކަތް ނުނިމި ހުރި ނަމަވެސް އެތަން ހުޅުވީ ކުޅެވޭ ވަރު ވީމައެވެ. އަދި ދަނޑުގައި ރަނގަޅު ކުރަން ޖެހޭ ބައެއް މަސައްކަތް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފެން ހިނދާ ނިޒާމު ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ދަނޑު މިވަގުތު އޮތީ ޔޫތު މިނިސްޓްރީ ގެ ދަށުގައި ކަމަށާއި ރޭގަނޑު ދަނޑު ދިއްލުމުން ހިގާނެ ޚަރަދު ކައުންސިލުން ނުދެއްކި ދާނެ ތީ އަދި އެ ތަނާ ޙަވާލު ވެ އެ ޒިއްމާ ނަގަން ނިންމާފައިނުވާކަމަށެވެ. އަދި ޔޫތު މިނިސްޓްރީގެ ދަށުން ތިނަދޫ ގައި ހިނގާ ޒޯން ސުޓޭޑިއަމް އާއި އެ ދަނޑު ބެލެހެއްޓުމަށް އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގައި އެ ތަނުގެ އޮފިޝަލަކު ވަނީ މަޢުލޫމާތު ދީފައެވެ. އެހެންކަމުން ތިނަދޫގެ ޒުވާނުން އެތައް ފަހަރަކު ސަރުކާރުގައި އާދޭސް ކޮށްގެން ހަދަމުންދާ އާ ފުޓްބޯޅަދަނޑު ވެސް ސިފަވަނީ ބެލެހެއްޓުމެއް ނެތި ފަނާވެ ދާނެ ތަނެއްގެ ގޮތުގައި ކަމަށް ގިނަ ޒުވާނުން ދަނީ ބުނުމުންނެވެ.

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އިއްބެ / މާލެ

    މުޅި ގައުމު ތިހާލުގައި

  • ރަމީ

    ސުލޯ ސޯލިހް ..

  • ރަމީ

    ސުލޯ ސޯލިހް ..

  • ހަވަރު ތިނަދޫ ސިޓީގެ "މޭރު" އަލްއުސްތާޒު ޕްރޮފެސަރު ޑޮކްޓަރު "ބަންޕަރޭ" ސައުދު އަލީ

    ފެނު އަޑީގަ އޮތަސް ކަނޑު އަޑިގަ އޮތަސް އެތަން އެއޮތީ ހަދާފަ މަގު ބަންޕަރުތަށްވެސް އޮންނާނީ އަޅާފަ ނަހަދަޔޭ ނުބުނެވޭނެ ފަހުން އެތަންތަން ނަގަން ޖެހުމަކީ އިބޫގެ މައްސަލައެއްނޫން އެއީ ތިނަދޫ ސިޓީ ރައްޔިތުންގެ ގަމާރުކަމެވެ. މަގު ބަންޕަރުތަށް ހެދީ އޭގެމަތިން އުދުހޭށެވެ ވެހިކަލްގަ އުދުހެން ނޭގޭނީހުން ވެހިކަލް ނުދުއްވާނީއެވެ. ޓާފް ދަނޑަކީ ކުޅިވަރު ކުޅެން ހެދިތަނެއް ނޫނެވެ އެއީ ތިނަދޫ "މޭރު" އެތާގަ ބާއްވަން ހެދި ކުޑަ ޕޮންޑެކެވެ. މޭރާއި އެހެން މަސްމަސް ތިނަދޫ ސިޓީ ކުޅީގައި އެއްކޮން ނުގެންގުޅެވޭނެތީ ތިނަދޫ ސިޓީ މޭރު ބާއްވަން ހާއްސަކޮން ހެދި ކުޑާ ޕޮންޑެކެވެ.

ގުޅުންހުރި